މަސައްކަތް ކުރަމުން ދަނީ އޭއައި ބޭނުންކޮށްގެން ޚިދުމަތްތައް ދިނުމުގައި ބަދަލެއް ގެނައުމަށް: އިހުސާން

މޯލްޑިވްސް 2.0ގެ ދަށުން ދިވެހިރާއްޖެއިން މަސައްކަތް ކުރަމުން ދަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ސަރުކާރުގެ ޚިދުމަތްތައް ދިނުމުގައި ބޮޑު ބަދަލެއް ގެނައުމަށް ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދިޔަ ގްލޯބަލް ޑައިލޮގް އޮން އޭއައި ގަވަރނެންސް ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖެ ފަދަ ގައުމުތަކަށް އޭއައިއަކީ ހަމައެކަނި ނަމަކަށް ނުވަތަ ޝަރަފަކަށް ކުރާ މަސައްކަތެއް ނޫން ކަމަށެވެ. އެއާ ޚިލާފަށް، އެއީ ރައްޔިތުންނަށް ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް ބޭނުންކުރާނެ މުހިންމު ވަސީލަތެއްކަން އިޙްސާން ފާހަގަކުރެއްވިއެވެ. ޚިދުމަތްތަކަށް ގެންނަ މި ބަދަލުތައް ބިނާވަނީ މަޢުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސައިބަރސެކިއުރިޓީ ވަރުގަދަކުރުމުގެ އިތުރުން ޒިންމާދާރުކުރުވަނިވި ނިޒާމެއްގެ ތެރެއިން ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.
"ރާއްޖެ ފަދަ ޤައުމަކަށް އެންމެންގެ ބައިވެރިވުން ފެށިގެންދަނީ އެ ބިންގަލުގެ މަތީގަ. އޭއައިއާ ނުލާ ހަމަހަމަކަން ކަށަވަރުކުރުމަށް ހުރަސްތަކެއް އެބަ ހުރި. އޭއައިގެ ކުރިއެރުން ބިނާ ވަނީ މޮޅެތި ސިސްޓަމްތަކަށްވުރެ ބޮޑަށް އާދައިގެ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރުގެ މައްޗަށް." އިހުސާން ވިދާޅުވިއެވެ.
އޭއައިގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، އޭއައިއާ ނުލާ ހަމަހަމަކަން ކަށަވަރުކުރުމަށް ހުރަސްތަކެއް އެބަ ހުރި ކަމަށެވެ. އަދި އޭއައިގެ ކުރިއެރުން ބިނާ ވަނީ ހަމައެކަނި މޮޅެތި ސިސްޓަމްތަކެއް އުފެއްދުމަށްވުރެ ބޮޑަށް، އާދައިގެ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ ހަމައެކަނި އެޕްލިކޭޝަންތަކަށް އިންވެސްޓްކުރުމުގެ ބަދަލުގައި، އޭއައިގެ ދާއިރާ ބިނާކުރުމަށްވެސް އިންވެސްޓްކުރަން ޖެހޭ ކަމަށެވެ. މިގޮތުން ދެމެހެއްޓެނިވި ގޮތެއްގައި އިންސާނީ ވަޞީލަތްތައް ބިނާކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ