ކަރަންޓު ކެންޑެނީ އިންޖީނުތަކަށް ލޯޑު ބޮޑުވެގެން: ސްޓެލްކޯ

މޫސާ ޝާން
ފަހަކަށް އައިސް މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެންޑެނީ އިންޖީނުތައް ލޯޑު ބޮޑުވެގެން ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
މާލެއައް ކަރަންޓު ފޯރުކޮއްދޭ މައި ކުންފުނި ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑެން މެދުވެރިވަނީ އިންޖީނުތައް ގިނައިރުތަކެއް ވަންދެން ބޭނުންކުރާތީ ކަމަށެވެ. އަދި ކުރިޔަށް އޮތް ދެތިން ހަފުތާ ތެރޭގައި ކަރަންޓު ކެނޑޭ މައްސަލަ ހައްލުވާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ސްޓެލްކޯއިން ބުނީ މާލެއައް މިވަގުތަށް 41 މެގަވޮޓް ކަރަންޓު ބޭނުންވާ ކަމަށާއި އެހެން ނަމަވެސް އުފެއްދެނީ 37 މެގަވޮޓްގެ ކަރަންޓު ކަމަށެވެ. އަދި މާލެ އައް ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދެނީ އެކުންފުނިން ފަށާފައިވާ ފޯތު ޕަވާ ޕްރޮޖެކްޓް ނުނިމި ލަސްވުމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެއެވެ. މި ޕްރޮޖެކްޓް ނިމުމުން އެކުންފުންޏައް 16 މެގަވޮޓްގެ ކަރަންޓު އިތުރަށް ލިބޭނެ ކަމަށް ބުނެއެވެ.
އެކުންފުނިން ބުނީ ފޯތު ޕަވާ ޕްރޮޖެކްޓްގެ ދަށުުން ބަހައްޓާ އަށް މެގަވޮޓްގެ ދެ ޖަނަރޭޓަރު ބޭނުންކުރަން ފެށުމުން ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހަށް ބޭނުންވާ ކަރަންޓް އުފެއްދޭނެ ކަމަށެވެ. އަދި އެކުންފުނިން ބުނީ ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން ކޮންމެހެން ދިއްލަން ނުޖެހޭ ބޮކިތައް ނުދިއްލުމަށާއި މަތީ ލޯޑު ނަގާފަދަ ތަކެތި ބޭނުން ނުކުރާ ވަގުތު ތަކުގައި ނިއްވާލާފައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ނަސޭހަތްތެރި ވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ