ކްރިމިނަލް ކޯޓުގެ އިސްޤާޒީ ޢަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަންޖެހޭ މަރުހަލާ ނިންމުމަށް ފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ފުލުހުން ތަހްގީގް ކުރަންޖެހޭ ހުރިހާ ތަހްގީގެއް ކުރުމަށް ފަހުގައި ކަމަށެވެ.
ޕީޖީ އޮފީހަށް މިއަދު ފޮނުވި މައްސަލައިގައި ބަޔާންކޮށްފައިވަނީ 22 ދުވަސް ވަންދެން އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވަނީ ޤާނޫނު އަސާސީގެ 46 ވަނަ މާއްދާއާ ޙިލާފަށް ކަމަށެވެ. އަދި ފަނޑިޔާރުނަށް ޤާނޫނުން ލިބިދީފައިވާ އިމްތިޔާޒުތައް ގެއްލުވައިލައި ގިރިފުށީގައި އެކަހެރި ކޮށްފައި އަބްދުﷲ ގާޒީ ބަހައްޓާފައިވާ ކަމަށެވެ.
އަބްދުﷲ ގާޒީ ނިޒާމުން ބޭރުން ގެއްލުވާލި މައްސަލައިގައި ކުރީގެ ހޯމް މިނިސްޓަރު ހުސެއިން އަފީފް އެޗްއާރުސީއެމަށް ހާޒިރުކޮށް ސުވާލު ދެންނެވެމުން އެބޭފުޅާ ވިދާޅުވެފައިވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް އެމްއެންޑީއެފްގައި އެދިވަޑައިގެންނެވީ އޭނާގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ފުލުހުން ބުނާތީ، ފުލުހުންގެ އެދުމުގެ މަތިން ކަމަށެވެ.
އަބުދުﷲ ގާޒީ ހައްޔރުކުރި މައްސަލަ ޕީޖީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ