ރިޔާސީ އިންތިޚާބަށްފަހު އައްޑޫގައި އަރަބި އިސްލާމީ ތައުލީމްދޭ މަދަރުސާއެއް ޤާއިމްކޮށްދެން މަސައްކަތް ކުރާނަން: އަދާލަތު

އަދާލަތު ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ގޮތުން ބޭއްވި ޖަލްސާގެ ތެރެއިން | ދިއިސްލާމް ފޮޓޯ: އަޝްވާގް2013 ގެ ރިޔާސީ އިންތިޚާބަށްފަހު އައްޑޫގައި އަރަބި އިސްލާމީ ތަޢުލީމްދޭ މަދަރުސާއެއް ޤާއިމްކޮށްދޭން މަސައްކަތް ކުރާނެ ކަމަށް އަދާލަތުޕާޓީން ބުނެފިއެވެ.އަދާލަތު ޕާޓީން ރޭ އައްޑޫ ސިޓީ، ހިތަދޫގެ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި އެޕާޓީގެ ތަރުޖަމާން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެޕާޓީއަށް ބާރެއް ލިބިއްޖެނަމަ އިސްލާމިކް ބޭންކްގެ ގޮތްޕެއް އައްޑޫގައި ޤާއިމްކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި އަދި މި ގޮފި ޤާއިމްކުރާނީ ހިތަދޫގައިކަމަށެވެ.މީގެ އިތުރުންވެސް ޝަހީމް ވިދާޅުވީ އައްޑޫ ސަރަހައްދަށް އިސްލާމީ ފަތުރުވެރިކަމެއްވެސް ތައާރަފްކުރައްވާނެކަމަށާއި، ކިޔަވާ ކުދިންނަށް އިންޓަރެސްޓާއި ނުލާ ކިޔެވުމަށް ލޯނު ލިބޭނެ މަގުވެސް ފަހިކޮށްދެއްވާނެކަމަށެވެ.އަދި ގެދޮރު އިމާރާތްކުރުމަށްވެސް އިންޓަރެސްޓާއި ނުލައި ލޯނު ލިބޭނެ ގޮތް ހައްދަވައިދެއްވާނެކަމަށާއި މިކަންކަން ފުރިހަމަކުރެވޭނީ 2013 ގެ އިންތިޚާބުގައި އެޕާޓީއަށް ބާރެއް ލިބިގެންކަމަށް ޝަހީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ