ރ. މީދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް 600 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެންނަނީ

ރ. މީދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް 600 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެނައުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ. 
 
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ސަޢީދާ ހަވާލާ ދެއްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މީދޫއަށް ގެނެއުމަށް ހަމަޖެހިފައިވާ 600 ކިލޯވޯޓުގެ ޖަނަރޭޓަރު މިހާރު މާލެއަށް ގެނެވިފައިވާކަމަށާއި މޫސުން ރަނގަޅު ވާހާ އަވަހަކަށް ޖަނަރޭޓަރު މީދޫއަށް ގެނެވޭނެކަމަށް ފެނަކަގެ އެމްޑީ ވިދާޅުވެފައިވާކަމަށެވެ. މިކަމާއި  ގުޅޭ  ގޮތުން  ފެނަކަ  މީދޫ  ބުރާންޗުގެ  އެސިސްޓެންޓް  މެނޭޖަރ  ހުސައިން  އަލީ  ވިދާޅުވީ  600  ކިލޯވޯޓުގެ  ޖެނެރޭޓަރަކީ  ބެކްއަޕްއަކަށް  ގެންނަ  ޖެނެރޭޓަރެއްކަމަށާއި  800  ކިލޯވޯޓުގެ  ޖެނެރޭޓަރެއް  ގެނެއުމުގެ  މަސައްކަތްވެސް  ކުރެވެމުން  އަންނަކަމަށެވެ.
 
 މީދޫގެ ކަރަންޓުގެ ހާލަތު ގޯސްވެފައިވާއިރު މިއަދުވެސް ކަރަންޓު ދެމުން އަންނަނީ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. މިވަގުތު މީދޫގައި ކަރަންޓު ދިނުމަށް ބޭނުންކުރާ 2 ޖެނެރޭޓަރުގެ ތެރެއިން 350 ކިލޯވޯޓުގެ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ