އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ ރައީސް އަބްދުﷲ ޝަހީމް ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
ޝަހީމް ފުލުހުންގެ ބަންދުން މިއަދު ދޫކޮށްލާފައިވާ ކަމަށް ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި އެމްޑީޕީން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް ނާޒިމް ވިދާޅުވީ ފުލުހުން ޝަހީމް ދޫކޮށްލި ވަކި ސަބަބެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
ޝަހީމް ބަންދުކޮށްފައި ހުރި އިރު މާލޭގައި ހަމަނުޖެހުން އުފައްދަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން އޭނާއާ ސުވާލުކޮށްފައިވެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ބުނެ ޝަހީމް ހައްޔަރުކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެމްޑީޕީގެ ހަރުގެ ކުރިމަތީގައި މުޒާހަރާއެއް ފެށުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
ފުލުހުން އެދުވަހު ޝަހީމް ހައްޔަރުކުރުމުގެ ތެރޭގައި އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ސިއްހީ ފަރުވާއަށް ތަކުރާރުކޮށް އެދުމުންވެސް އެކަށީގެންވާ ސިއްހީ ފަރުވާ މިދިޔަ ހަފްތާގެ ނިޔަލަށްވެސް ލިބިފައި ނުވާ ކަމަށް އާއިލާ އިިން ވަނީ މައުލޫމާތު ދީފަ އެވެ.
ޝަހީމް އެންމެ ފަހުން އޭޑީކޭއަށް ދެއްކުމުން އޭނާގެ ކަކުލަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް ހޮސްޕިޓަލުން އަންގާފައިވާ ކަމަށްވެސް އާއިލާ އިން ބުނެފައިވެ އެވެ.
ޝަހީމް މިއަދު ފުލުހުންގެ ބަންދުން ދޫކޮށްލާފައި މިވަނީ އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭތީވެ، އާއިލާ އިން އެ މައްސަލަ ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ތަކުރާރުކޮށް ހުށަހަޅާ މީޑިއާގައި އެވާހަކަދައްކަން ފެށުމުންނެވެ.
އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ ރައީސް ޝަހީމް ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ