ހަޔާތުގެ ކުނޑިފުކެއް ހުރިނަމަވެސް ރައީސް އަބުދުﷲ ޔާމީން ވެރިކަމުގައި ނުުހުންނަވާކަމަށާ ވެރިކަމުގެ ހުރުމުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް މިހާރު ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވުނީ ރައީސް މައުމޫން ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުންކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީންވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށާ ނަމަވެސް މިއަދު އެހުރިހާ ބޭފުޅުން މިވެރިކަމާއި ފެއަށްޖެހި ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވާފައިވާކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިއަދު ސަރުކާރުގެ ގާނޫނީ ހައިސިއްޔަތެއް ނެތްކަމަށާ ހަޔާތުގެ ކުޑިފުށެއް ހުރި މީހަކުވެސް މިއަދު ވެރިކަމުގައި ހުންނެވުމަށް ލަދުވެތިވާނެކަމަށެވެ.
"ހަޔާތުގެ ކުޑިފުށެއް ހުރިނަމަވެސް ވެރިކަމުގައި ނުހުންނަވާނެ އިނގޭތޯ. އަމިއްލަ ބޭބޭފުޅަށްވެސް އެހެރީ ހަދާލާގޮތް." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އެމަނިކުފާނުވެސް އަދި ޖުމްހޫރީ ޕާޓީންވެސް ބުރަ މަސައްކަތްތަކެއް ކުރިކަމަށާ އެހެންކަމުން މިވެރިކަމުގައި ގޯސްތައް ހިނގާނަަމަ އެވާހަކަތައް ދައްކާނެކަމަށެވެ. އަދި އެވާހަކަތައް ދެއްކުމުން އެއީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުންކަމަށް ވިދާޅުވެ ފުލުހުންގެ އިދާރާއަށް ތަކުރާރުކޮށް ހާޒިރުކުރުމަކީ ގަބޫލްކުރެވޭނެކަމެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރަށް މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ އެމަނިކުފާނުގެ ވިޔަފާރިއާއި މުދަލަށް ނުހައްގުން ގެއްލުން ދެމުން ގެންދާތީ އެކަމާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނުގެ މުދަލާއި ފައިސާ ހުންނާނީ ދިވެހި ގައުމުގައި ރައްޔިތުންނަށް ފެންނަ ހިސާބުގައިކަމަށެވެ. އަދި އިސްލާހަށް ކުރައްވާ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން އެމަނިކުފާނުގެ މުދަލާއި ވިޔަފާރިއަށް ކިތަންމެ ބޮޑު ގެއްލުމެއްދިނަމަވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށެވެ.
ގާސިމް ވިދާޅުވީ ވިލާ ގުރޫޕުން ހިންގަމުންދާ ވިލާ ކޮލެޖް މިއަދު ހުރީ ޔުނިވާސިޓީއަކަށް ބަދަލުވާންޖެހޭ ހުރިހާ ޝަރުތެއް ފުރިހަމަވެފައިކަމަށާ ނަމަވެސް އެކަންކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިކުރަމުންދާކަމަަށެވެ.
"އަޅުގަނޑަށް އަޑުއިވޭ ކިއު އައި ޔުނިވާސިޓީ ކިޔާތީކަމަށް މިކަން ނުވެގެން މިއުޅެނީ. ނަމަވެސް އަޅުގަނޑު ދަންނަވާނީ އެތަނަކަށް ވައި ޔުނިވާސިޓީއެކޭ ނުކިޔޭނެ ދެއްތޯ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކިތަންމެ ބިރެއްވެސް ދެއްކިދާނެކަމަށާ ކިތަންމެ ބޮޑު ގެއްލުމެއްވެސް ދެވިދާނެކަމަށެވެ. ނަމަވެސް އަޒުމެއް ނުގުނޑާނެކަމަށާ ޑިމޮކްރަސީއަށްޓަކައި ފަށާފައިވާ މަސައްކަތް ހުއްޓާނުލައި ކުރިއަށްދާނެކަމަށެވެ.
ހަޔާތުގެ ކުނޑިފުކެއް ހުރިނަމަވެސް ރައީސް ޔާމީން ވެރިކަމުގައި ނުުހުންނަވާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ