ފަހަތުން އަރާ 3-1 ލަނޑުން އިރުޝާދިއްޔާ ސްކޫލް ބަލިކޮށް މައިލޯ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ އައްޑޫ ސިޓީ ޓޯނަމެންޓްގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި އެވެ.
ސ.ހިތަދޫ ރަސްމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް 20 ވަނަ މިނެޓުގައި ނެގީ އިރުޝާދިއްޔާ ސްކޫލުންނެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ހުސައިން އައިކް އެވެ.
ދެޓީމުގެ ދަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ 33 ވަނަ މިނެޓުގައި އައްޑޫ ހައި ސްކޫލުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެލނަޑު ކާމިޔާބު ކޮށްދިނީ ހާޒިމް ފައުޒީ އެވެ. އަދި މެޗުގެ ނަތީޖާ އެއްވަރުކުރިތާ މިނެޓެއްވެސް ނުވަނީސް އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު އަތުލާފައެވެ. މި ލަނޑު އެތީމަށް ކާމިޔާބުކޮއްދިނީ މުހަންމަދު އަލްސަން ޝަނީޒް އެވެ.
މިމެޗުގައި އައްޑޫ ހައި ސްކޫލުން ޖެހި ތިން ވަނަ ލަނޑު ދެ ވަނަ ހާފް ފެށުނުތަނާހެން އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހާދިން ހާޒިމް ފައުޒީ އެވެ.
މިމުބާރާތުގެ އެންމެ ގިނަ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އައްޑޫ ހައިސުކޫލްގެ ރަފާޙް އިބްރާޙިމް އެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮއްދެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އެއިދާރާގެ ނައިބު ރައީސް އަހްމަދު ޝަކީބް އާއި އެއިދާރާގެ ޓެކްނިކަލް ޑިރެކްޓާ ޖޭން ވަންލީ އެވެ.
މުބާރާތުގެ އެންމެ މޮޅު 10 ކުޅުންތެރިން
އިބްރާހިމް ލީވާން (ސ. އަތޮޅު މަދަރަސާ)
އަޙްމަދު ލޫތު އައްބާސް (އިރުޝާދިއްޔާ ސްކޫލް)
ބްރާހިމް ހޫދު އައްބާސް (އިރުޝާދިއްޔާ ސްކޫލް)
ހުސެއިން އައިކް (އިރުޝާދިއްޔާ ސްކޫލް)
ސެއިން ލައިސް އަދުނާން (ފޭދޫ ސްކޫލް)
އަޙްމަދު ލޫޠު ނައީމް (ފޭދޫ ސްކޫލް)
ހާޒިމް ފައުޒީ (އައްޑޫ ހައި ސްކޫލް)
ރަފާހް އިބްރާހިމް (އައްޑޫ ހައި ސްކޫލް)
މުހައްމަދު ސޮބާހް މަސްރޫރު (އައްޑޫ ހައި ސްކޫލް)
އަޙްމަދު ހާމީ ނަޖާހު (ޝަރަފުއްދީން ސްކޫލް)
އިރުޝާދިއްޔާ ސްކޫލް ބަލިކޮށް އައްޑޫ ހައި ސްކޫލުން ތަށި އުފުލާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ