ޕީޕިއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފެކްޝަންގައި ހިމެނި ވަޑައިގަންނަވާ މާލެ ސިޓީ ކައުންސިލް މެމްބަރު އިބްރާހީމް މަމްނޫން ޕިޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަނާ ގުޅިވަޑައިގެންފި އެވެ.
މިރޭ މެންދަމު 12:45 ހާއިރު ޕިޕީއެމްގެ ރައީސް މައުމޫން އޮފީސް ކުރިމަތީ ހުންނަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މަމްނޫން ވިދާޅުވީ މީގެ ފަހުން ރައީސް ޔަމީން ފެކްޝަން"ގެ އެއްވެސް ކައުންސިލް ބައްދަލުވުމަކަށް ހާޒިރު ނުވާނެ ކަމަށެވެ.
މަމްނޫން ވިދާޅުވީ ރައީސް ޔާމީން ފެކްޝަނުން ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ބާއްވާ ކައުންސިލަށް ޕިޕީއެމްގެ ރައީސް ވަކިކުރުމަށް ހުށަހަޅާފައިވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާ ކައުންސިލުގައި ތިއްބެވި ބައެއް މެމްބަރުންވެސް އެކަން ފާހަގަ ކުރެއްވި ކަމަށެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ ރައީސް ވަކިކުރެވޭނީ ޕާޓީގެ ގައުމީ ޖަލްސާއިންނެވެ.
މަމްނޫން ވިދާޅުވީ ރައީސް މައުމޫން ޕާޓިން ވަކިކުރަން ކައުންސިލް ބައްދަލުވުމުގައި ގަރާރު ފަސްކުރިގޮތުން އެންގިގެން ދިޔައީ ކަންތައްތައް ހިންގަމުން މިދަނީ ގަވާއިދުތަކާ ހިލާފަށް ޚުދުމުޚުތާރު ގޮތަކަށް ކަމަށެވެ.
"ޕާޓީގެ އަސާސީ ގަވާއިދުގައި ވަރަށް ތަފްސީލުކޮށް ލިޔެފަ މި އޮންނަނީ ޕާޓީގެ މުސްތަޝާރަކީ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ޕާޓީގެ އެއްވެސް ކަމެއް ކުރުމުގައި، އެވަރަށް ތަފްސީލުކޮށް ލިޔެފައި އޮންނައިރުވެސް ކޯޓުތަކުން މިތިބަ ހުކުމް ނެރެނީ. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ އަބަދުވެސް އިންސާފަށް ކަންކަން ކުރުމަށް ޕާޓީގެ އަސާސީ ގަވާއިދަށް ރައީސް މައުމޫން ގެންދަވަނީ އަމަލުކުރައްވަމުން. އެހެންވީމަ މިރެއިން ފެށިގެނެއް އަޅުގަނޑު "ދަރުބާރު ފެކްޝަން"ގެ އެއްވެސް ކައުންސިލް ބައްދަލުވުމަކަށް ނުދާނަން" މަމްނޫން ވިދާލުވިއެވެ.
މަމްނޫން ވިދާޅުވީ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫން ވަކިކުރުމަށް ރައީސް ޔާމީން ފެކްޝަނުން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ފާސްކުރި ގަރާރަށް ވޯޓު ދެވުނީތީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. އަދި ވޯޓު ދެވުނީތީ އެކަމަށް އާންމު މެމްބަރުންގެ ކިބައިން މައާފަށް އެދޭ ކަމަށް މަމްނޫން ވިދާޅުވިއެވެ.
މަމްނޫން ވިދާޅުވީ އެބޭފުޅާ ތަމްސީލު ކުރައްވަމުން ގެންދަވާ މައްޗަށްގޮލި ދެކުނު ދާއިރާގެ ޕީޕީއެމްގެ ގިނަ މެމްބަރުން ގެންދަނީ ރައީސް ޔާމީން ފެކްޝަނުން ކުރައްވަމުން ގެންދަވާ ކަންކަމާ ގުޅިގެން ނުރުހުން ފާޅުކުރަމުންކަމަށެވެ. އަދި ދާއިރާގެ ގިނަ މެމްބަރުން ތިއްބެވީ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަހަތްޕުޅުގައި ކަމަށް މަމްނޫން ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލް މެމްބަރު މަންމު ރައީސް މައުމޫން ފެކްޝަނާ ގުޅިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ