ވަގަށް ނަގާފައިވާ ކަރަންޓް ސާމާނުތަކެއް ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފި

ކ.ގުރައިދޫ ގެއަކުން ކަރަންޓު ބުރުމާއަކާއި ގްރެންޑަރެއް ވަގަށްނަގައި ވިއްކަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބުރުމާއަކާއި ގްރޭންޑަރެއް ވިއްކަން މަސައްކަތްކުރަނިކޮށް ޖުލައި  25 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ކަމަށާއި އޭނާ އެ ތަކެތި ވަގަށް ނަގާފައިވަނީ ހަމަ އެދުވަހު ހުކުރުވަގުތު، ކުޑަ ދޮރެއް ހަލާކުކޮށްގެން ގެއަކަށް ވަދެކަން މިހާތަނަށް ބެލިބެލުމުން ތަޙުޤީޤަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ..
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ، ގުރައިދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރެއްގެ ފޯން، މި މަހުގެ  24 ވަނަ ދުވަހު ވަގަށް ނެގުމަށްފަހު ވިއްކާފައިވާ މައްސަލައެއްގައިވެސް ތުހުމަތުކުރެވޭ މީހެއް ަކަމަށް ފުލުހުން ބުންޏެވެ.ެ.
މީގެއިތުރުން ތަޙުޤީޤުގައި އިތުރަށް އޭނާއާ ސުވާލުކޮށް ލިބުނު މަޢުލޫމާތާ ގުޅިގެން ބައެއް ތަންތަން ބަލައި ފާސްކުރިއިރު ފިހާރައަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބައެއް ތަކެތިވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.ެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް މިއަދު ޙާޟިރުކުރުމުން، މިނިސްޓަރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ