މީހަކު މަރާލި މައްސަލައެއްގައި ގ. ރީފް މުހައްމަދު ނަބީލް މެރުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރުމުން، އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މާޗް، 2009 ގައި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ބުރަކަށްޓަށް ކަޓަރެއް ހަރައި، މަރާލި މައްސަލާގައި ނަބީލް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2010 ވަނަ އަހަރު އެވެ.
މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިތާ ފަސް އަަހަރު ފަހުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ހުކުމްކޮށްފައިވާއިރު މި މައްސަލާގައި ހައިކޯޓުން ހުކުމް ކުރުން ލަސްވެގެން ނަބީލްގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ބުނެ އޭނާގެ ގާނޫނީ ވަކީލު މީގެ ކުރިން ވަނީ ކޯޓުގައި ޝަކުވާ ކޮށްފަ އެވެ.
ނަބީލް މެރުމަށް ކްރިމިނިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ތާއީދުކޮށްފައިވާއިރު މިމައްސަލާގައި އިތުރު ދެ މީހެއްގެ މައްޗަށް ވެސް މަރުގެ ދައުވާ އުފުލި އެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެެވެ. އެކަމަކު އެހެން ދައުވާއެއް ސާބިތުވުމާ ގުޅިގެން އެ ދެ މީހުން ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި އެވެ.
ނަބީލް މެރުމަށް އިއްވި ހުކުމް ކަށަވަރުކުރަން ޕީޖީން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ