އިންޑިއަން އޯޝަން ކޮންފަރެންސްގަައި ބައިވެރިވުމުގެ ދައުވަތު ރައީސް މައުމޫން އަށް އަރުވައިފި

އަންނަ މަހުގެ 1 އިން 2 އަށް، އިންޑިއާ ފައުންޑޭޝަންގެ ފަރާތުން ސިންގަޕޫރުގައި ބާއްވާ، އިންޑިއަން އޯޝަން އާއި ބެހޭ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ވަނީ ދަޢުވަތު އަރުވާފައެވެ.
ރައީސް މައުމޫންގެ އޯފީހުން ބުނެފައިވާގޮތުގައި، މިޖަލްސާގައި މިސަރަހައްދުގެ ވަރަށް ގިނަ ޤައުމުތަކުގެ ސިޔާސީ ބޭފުޅުންނާއި، ކަމާބެހޭ މާހިރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އޭގެތެރޭގައި އިންޑިއާގެ ޙާރިޖީ ވަޒީރާއި، ސްރީލަންކާގެ ބޮޑުވަޒީރާއި، ސިންގަޕޫރުގެ ބޮޑުވަޒީރުގެ ނައިބާއި، އިންޑޮނޭޝިއާއި، މެލޭޝިޔާއާއި، ބަންގްލަދޭޝްގެ ޙާރިޖީ ވަޒީރުންނާއި، ސައުތު އެފްރިކާއާއި، ފަރަންސޭސިވިލާތާއި، އިނގިރޭސިވިލާތާއި، ދެކުނު ކޮރެއާއި، އަދި އޮސްޓްރޭލިޔާގެ މަންދޫބުންވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް، ރައީސް މައުމޫންގެ އޮފީހުން ވިދާޅުވެފައިވެއެވެ.
މިޖަލްސާއަކީ ދުނިޔޭގެ ތަރައްޤީއާއި، ކުރިއެރުމާއި، ސުލްހަވެރިކަމުގައި އިތުރުވަމުން އަންނަ އިންޑިއަން އޯޝަންގެ މުހިންމު ދައުރާ ބެހޭގޮތުން ވާހަދެކެވިގެންދާނެ ޖަލްސާއެކެވެ. މި ޖަލްސާގައި ރައީސް މައުމޫން ވާހަކަފުޅުދެއްކެވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ ދެވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ