ތެންކިޔޫ ފޯ ރިލޯޑްއޭ ގާޒީ އާއި ދިމާއަށް ބުނިމީހަކު 6 މަހަށް ޖަލަށް ލައިފި

އިއްޔެ އިން ފެށިގެން މާލޭގައި ކުރިއަށްދިޔަ މުޒާހަރާގައި ހައްޔަރުކުރި މީހަކު މިއަދު މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖެހުމުން ގާޒީ އާއި ދިމާއަށް "ތެންކިޔޫ ފޯ ރީލޯޑް" އޭ ބުނުމުން އޭނާ 6 މަހަށް ޖަލަށް ލުމަށް ގާޒީ ވަގުތުން ޙުކުމް ކުރައްވައިފިއެވެ.
ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ހަމަހަށް ޖަލަށް ލާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ އަނިލް މުފީދު ކިޔާމީހެއްގެ މައްޗަށެވެ.
މުފީދު ވަނީ ޝަރީއަތުގެ މަޖިލީހުގައި ތަކުރާރުކޮށް އަޑުގަދަކޮށްފައެވެ.
އޭނާގެ މައްޗަށް ޙުކުމް އިއްވީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުން ކުށްވެރިވެގެންނެވެ. އަނިލްގެ މައްޗަށް އަދަބު ކަނޑައެޅީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާ އަށް ރިއާޔަތް ކޮށް ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ.ގެ ދަށުންނެވެ.
ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގައި ބުނާ ގޮތުން ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭ ކަމެއް އެއްވެސް ފަރާތަކުން ޝަރީއަތުގެ މަޖިލީހުގައި ނުވަތަ ކޯޓުގެ އިމާރާތުގެ ތެރޭގައި ނުވަތަ ގޯތިތެރޭގައި ހިންގައިފި ނަމަ އެފަދަ ފަރާތެއްގެ މައްޗަށް ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވެ އެވެ. އެ ގަވާއިދު ބުނާ ގޮތުން ކޯޓުގެ ހުރުމަތް ކަނޑައިގެން އަދަބު ކަނޑައަޅާނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ