ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާންކޮށްފިއެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާންކޮށްފައިވަނީ މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ރަސްމީ ނަތީޖާ ދައްކާ ގޮތުން މި އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެންޑިޑޭޓު ފާރިސް މައުމޫންއެވެ. އޭނާއަށް ލިބިވަޑައިގެންފައިވަނީ 1238 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 59.40 އިންސައްތައެވެ.
ފާރިސް އާއި އެންމެ ކައިރިން ވާދަކުރެއްވި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓު އަޙްމަދު ރާޟީ ލިބިވަޑައިގެންފައިވަނީ 763 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 36.61 އިންސައްތައެވެ.
ރަސްމީ ނަތީޖާ ދައްކާ ގޮތުން އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ ތެރެއިން ޝަހީމް އަލީއަށް ލިބިވަޑައިގެންފައިވަނީ 52 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 2.50 އިންސައްތައެވެ. އަދި މޫސާ ނަސީރު އަހުމަދަށް ލިބިވަޑައިގެންފައިވަނީ 31 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 1.49 އިންސައްތައެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ