ހައިކޯޓުން މައްސަލައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނަމަ އެމައްސަލަ އެއް ހައިކޯޓުން ނިންމާތާ 60 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާއެއްގައި ވިދާޅުވެފައި ވަނީ ހައިކޯޓުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ވާނީ ސުޕްރީމް ކޯޓުގެ ޤަވައިދުގެ 39 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ހައިކޯޓުން އެނިންމުމެއް ނިންމިތާ 60 ދުވަހު ތެރޭގައި ކަމަށެވެ.
"މި 60 ދުވަސް ގުނާނީ ހައިކޯޓުން މައްސަލަ ނިންމި ދުވަހާއި މުއްދަތުހަމަވާ ދުވަހާއި އެދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭނެގޮތަށް ކަމުގައި ދެންނެވެވީމެވެ." ސުޕްރީމް ކޯޓުގެ ސާކިއުލާގައި ވެއެވެ.
މައްސަލައެއް ނިންމާތާ 60 ދުވަސްތެރޭ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަންޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ