އަބްދުﷲ ކޮއެ މެމޯރިއަލް ފުޓްސަލް ކަޕްގެ ފައިނަލަށް ހިއާލީ އަދި އަނގޮޅިއަންސް

ކްލަބް ސްޓިލް ރެޑުން އިންތިޒާމްކޮށްގެން ބާއްވާ އަބްދުﷲ ކޮއެގެ މެމޯރިއަލް ފުޓްސަލް މުބާރާތުގެ ފައިނަލަށް ހިއާލީ އަދި އަނގޮޅިއަންސް ދަތުރު ކޮށްފިއެވެ.
މުބާރާތުގެ ފައިނަލަށް ދާ ދެ ޓީމު ނިންމީ ސެމީ ފައިނަލްގެ މެޗުތައް ތިން ޓީމެއްގެ މެދުގައި ލީގެއް ގޮތަށް ކުޅެ އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ. ސެމީ ފައިނަލުގައި ވާދަކުރީ ހިއާލީ، އަނގޮޅިއަންސް އަދި އީބީޖީ އެވެ.
ސެމީ ފައިނަލް ފުރަތަމަ މެޗުގައި ހިއާލީ އާއި އަނގޮޅިއަންސް ބައްދަލުކުރަން އޮތް އިރު މެޗުގެ ފަށަންވީ ވަގުތު ހަމަވިއިރު ވެސް ހިއާލީ ޓީމު ދަނޑަށް ނައުމުން މުބާރާތުގެ އޮފިޝަލުން އަންގޮޅިއަންސް މޮޅުވީ ކަމަށް ނިންމިއެވެ. އެއީ 0-1 އިން ނެވެ.
ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރީ ހިއާލީ އާއި އީބީޖީ އެވެ. މި މެޗު ފޯރިގަދަ ކުޅުމަކަށް ފަހު 5-7 އިން ކާމިޔާބު ކުރީ ހިއާލީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހިއާލީ ޓީމުގެ ޖޯޒީ ނަމްބަރު 8 މޫސާ އިބްރާހިމް އެވެ.
ސެމީގެ ފަހު މެޗުގައި އަނގޮޅިއަންސް އާއި އީބީޖީ ބައްދަލުކޮށް 1-5 އިން ކާމިޔާބު ކުރީ އަނގޮޅިއަންސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަނގޮޅިއަންސްގެ ޖޯޒީ ނަމްބަރު 10 އިބްރާހިމް ޒިޔާން އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ މިރެއެވެ. ފައިނަލް ގައި ބައްދަލުކުރާނީ އަނގޮޅިއަންސް އަދި ހިއާލީ އެވެ.
މި މުބާރާތަކީ ނ. ވެލިދޫގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަން ފާހަގަކޮށްލެވެ އެވެ. މި އަހަރަކީ ކްލަބް ސްޓިލް ރެޑް އިން އިސްނަގައިގެން މި މުބާރާތް ވިދިވިދގެން ބާއްވާ ހަ ވަަނަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ