ކްލަބް ސްޓިލް ރެޑުން އިންތިޒާމްކޮށްގެން ބާއްވާ އަބްދުﷲ ކޮއެގެ މެމޯރިއަލް ފުޓްސަލް މުބާރާތުގައި ރޭ ކުޅެވުނު މެޗުތަކުން ހުސްއަލި އަދި ހިއާލީ މޮޅުވި އިރު، ބައޯކަލޯ އަދި އީބީޖީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
ނ.ވެލިދޫ ފުޓްސްލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހުސްއަލި އަދި ބައޯސް އެވެ. މި މެޗު 2-29 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ކުރީ ހުސްއަލި ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުސްއަލި ޓީމުގެ ޖޯޒީ ނަމްބަރު 11 އިބްރާހިމް އަރީޝް އެވެ.
ރޭގެ ދެވަނަ މެޗުގައި ކޭއެންޖީ ބްރޯސް އަދި ހިއާލީ ބައްދަލުކޮށް 2-10 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ހިއާލީ ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހިއާލީ ޓީމުގެ ޖޯޒީ ނަމްބަރު 8 މޫސާ އިބްރާހިމް އެވެ. މި މެޗުން ބަލިވުމުން ކޭއެންޖީ އާއެކު ކޭއެންޖީ ބްރޯސް މިވަނީ މުބާރާތުން ކަޓާފައެވެ. މި މޮޅާއެކު ހިއާލީ މިވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ.
ރޭގެ ފަހު މެޗުގައި ބައްދަލުކުރީ ބައޯކަލޯ އަދި އީީބީޖީ އެވެ. މި މެޗު ފޯރިގަދަ ކުޅުމަކަށްފަހު ނިމުނީ 4-4 އިން އެއްވަރު ވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބައޯކަލޯގެ ޖޯޒީ ނަމްބަރު 9 އަބްދުﷲ ވަދޫދެވެ. ސެމީ ފައިނަލުގެ ޖާގަ އެއް ކަށަވަރު ކުރުމަށްޓަކައި މި ދެ ޓީމަށް ވެސް މިރޭގެ މެޗުތަކުގެ ނަތީޖާ އަށް އިންތިޒާރު ކުރަން ޖެހޭނެއެވެ.
މި މުބާރާތަކީ ނ. ވެލިދޫގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަން ފާހަގަކޮށްލެވެ އެވެ. މި އަހަރަކީ ކްލަބް ސްޓިލް ރެޑް އިން އިސްނަގައިގެން މި މުބާރާތް ވިދިވިދގެން ބާއްވާ ހަ ވަަނަ ފަހަރެވެ.
އަބްދުﷲ ކޮއެ މެމޯރިއަލް ފުޓްސަލް ކަޕް: ރޭގެ މެޗުތަކުން ހުސްއަލި އަދި ހިއާލީ މޮޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ