ނ އަތޮޅު ހޭރިޔާގެ މިއަދުގެ މަންޒިލަކީ ހެނބަދޫ

(ނ ހެނބަދޫ) މާލެއިން ފުރައިގެން 123 އެއްހައި ކިލޯ މީޓަރު  ދުރުގައިވާ ހެނބަދޫއަކީ އަތޮޅުގެ އެންމެ ހުޅަނގު އުތުރުގައި އޮންނަ ރަށެވެ. އަތޮޅުވެރިކަންކުރާ ރަށާ އިރުބިތުން އެންމެ ދުރީވެސް ހެނބަދޫއެވެ. ހެނބަދޫއަކީ ވަރަށް ރީތި ކުޑަކުޑަރަށެކެވެ. ހެނބަދޫއާއި އެންމެ ކައިރިން އޮންނަނީ މިއަތޮޅު ކެނދިކުޅުދޫއެވެ.
ހެނބަދޫގެ އާބާދީއަށް ބަލާއިރު ޖުމްލަ އާބާދީ އަކީ 724 އެވެ. އާމްދަނީ ހޯދުމަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރެއެވެ. އިމާރާތްކުރުމުގެ ދާއިރާގައިވެސް ކޮންމެވެސް ވަރަކަށް މީހުން ހަރަކާތްތެރިވެއެވެ.
ރަށުގައި ދެ މިސްކިތް ހުންނައިރު އެންމެ ބޮޑަށް މިރަށަށް ބޭނުންވަނީ ބަނދަރެކެވެ. ރަނގަޅު ފެންވަރުގެ ޒަމާނީ ބަނދަރަކާއި ފެނާއި ނަރުދަމާގެ އިތުރުން އިޖްތިމާއީ މަރުކަޒަކީ މިރަށަށް ބޭނުންވާ މުހިއްމު ކަންތަކެވެ.
ހެނބަދޫ އަކީ ރަށް ގިރުމުގެ މައްސަލަ ބޮޑު ރަށެކެވެ. އިޤްތިސާދީގޮތުން މާބޮޑަށް ކުރި އަރާފައިނުވި ނަމަވެސް އަތޮޅުގެ ނިސްބަތުން ތަރައްޤީގައި ފައިހަމަ ކުރުމަށް މަސައްކަތް ކުރާ ރަށެއްގެ ގޮތުގައި ހެނބަދޫ ފާހަގަކުރެވެއެވެ. ވަގުތުގެ ފަރާތުން ނ އަތޮޅަށް ކުރަމުންދާ "ހޭރިޔާ" މިއަދުގެ  މަންޒިލަކީ ހެނބަދޫއެވެ. މިއަތޮޅުގެ މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކާއި ގުޅޭ އިތުރު ވާހަކަތައް މި ދަތުރު ތެރޭގައި "ވަގުތު"ގެ ކިއުންތެރިންނާއި ހަމައަށް ގެނެސްދެވޭނެއެވެ.
ވަގުތުގެ ފަރާތުން ނ އަތޮޅަށް ކުރަމުންދާ "ހޭރިޔާ" ދަތުރުގެ މެއިން ސްޕޮންސަރ އަކީ ކޮޕިއަރ ޕްލަސްއެވެ. ކޯ ސްޕޮންސަރ އަކީ އެސްޓީއޯއެވެ. ޓެލެކޮމްޕާޓްނަރ އަކީ އުރީދޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ