ހުމާމް މެރުމުގެ ޙުކުމް ސްޕްރީމް ކޯޓުން ދެމެހެއްޓުމުން ޖަރުމަނުގެ ސަފީރު ކަންބޮޑުވުން ފާޅުކުރައްވައިފި

ޑރ. އަފްރާޝިމް ޢަލީ އަވަހާރަކޮށްލުމުގެ މައްސަލާގައި ޙުސެން ހުމާމް އަޙްމަދު މެރުމަށް ދަށު ކޯޓުތަކުން ކޮށްފައިވާ ޙުކުމަށް ސްޕްރީމް ކޯޓުން ތާޢީދުކޮށް އެ ޙުކުމް ދަމަހައްޓާފައި ވިޔެއްކަމަކު، ހުމާމްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒް ނުކުރުމަށް ރަސްމީކޮށް އެމްޑީޕީއިން ގޮވާލާފައިވަނިކޮށް، ޖަރުމަނުގެ ސަފީރުވެސް ހުމާމުގެ މަރުގެ ހުކުމާމެދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެކަން ހާމަކޮށް، ޖަރުމަނު ސަރުކާރުން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ޔުއެގެން މޮހާޑު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިރިހުރުމުގެ ހައްޤަކީ އެއްމެ އަސާސީ އިންސާނީ ހައްޤު ކަމަށާއި ރާއްޖޭގައި މަރަށް މަރުހިފުމާއިމެދު އޭނާ ކަންބޮޑުވެލައްވާ ކަމަށެވެ.
ޖަރުމަނުގެ ސަފީރު ޑރ. ޔުއެގެން މޮހާޑު މަރުހިފުމާބެހޭގޮތުން ކަންބޮޑުވުން ފާޅުކުރެއްވިއިރު، މާރާމާރީތަކުގައި މަރުވެގެންދާ މީހުންގެ ދިރިހުރުމުގެ ހައްޤާމެދު އޭނާ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ