މާލެ ސިޓީގެ ރައްޔިތުން އެދޭފަދަ ތަރައްޤީއެއް ގެނެސްދެވޭނީ މުއިއްޒުއަށް: ހައިދަރު

މާލެ ސިޓީގެ ރައްޔިތުން އެދޭފަދަ ތަރައްޤީއެއް ގެނެސްދެވޭނެ ބޭފުޅަކީ، މާލޭގެ މޭޔަރު ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައި ވާދަކުރައްވާ، ޑރ.މުޙައްމަދު މުއިއްޒު ކަަމަށް ކުރީގެ ހައުސިން މިނިސްޓަރު އަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ހައިދަރު ކުރެއްވި ޓްވީޓެއްގައި ވަނީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޑރ.މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.
"މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން، އެންމެ ޤާބިލު، ތަޖުރިބާކާރު، އަދި މާލެ ރައްޔިތުން އެދޭ ފަދަ ތަރައްޤީއެއް ގެނެސްދެވޭނެ ކެންޑިޑޭޓަކީ މުއިއްޒު" ހައިދަރު ވިދާޅުވިއެވެ.
ހައިދަރުގެ ތާއީދު ލިބިވަޑައިގަތުމާއިއެކު އެކަމާ އުފާކުރައްވައި، ޑރ.މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ، އޭނާއަށް ތާއީދު ކުރެއްވުމަށް ނިންމެވީތީ ޝުކުރު އަދާކުރައްވައިފައެވެ. ކުރީގެ ހައުސިން މިނިސްޓަރު ހައިދަރުގެ އިތުރުން، އުމަރު ޒާހިރުވެސް ވަނީ ޑރ.މުއިއްޒުއަށް ތާއީދުކުރައްވަން ނިންމަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ