ސިޔާސީ މަޤާމަށް އިތުރު މީހަކު އައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަޤާމަށް މ.ހިޔަމަ އަލްފާޟިލް ޢަލީ މާޖިދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
ޢަލީ މާޖިދަކީ ނ. އަތޮޅު ކައުންސިލް މެންބަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޢަލީ މާޖިދު މި މަޤާމަށް ޢައްޔަނުކުރެއްވުމާހަމައަށް، އަމިއްލަގޮތުން ކުރައްވަމުން ގެންދެވި މަސައްކަތަކީ އިންޓީރިއަރ ޑިޒައިނިންގ އަދި ޕްރޮޖެކްޓް މެނޭޖްމަންޓްގެ މަސައްކަތްތަކެވެ. 
އަދި މީގެ ކުރިން ޢަލީ މާޖިދު ވަނީ ނޮދަރން ޔޫޓިލިޓީސްގެ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމާއި، ޕްލޭންކްޓަންސް ބީޗް ހޮޓެލް އަދި މޯނިންގ ސަންރައިސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގައި ޖެނެރަލް މެނޭޖަރގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުންވެސް އަމިއްލަގޮތުން މަސައްކަތްކުރާ އެކި ކުންފުނިތަކުގެ އިސް މަޤާމުތައް ޢަލީ މާޖިދު ވަނީ ފުރުއްވާފައެވެ.
ޢަލީ މާޖިދަކީ މަންދުކޮލެޖުން ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން ޢަލީ މާޖިދު ވަނީ ސެޓްފިކެޓް އިން ޓްރެވަލް އެންޑް ޓުއަރ އޮޕްރޭޝަންސް ކޯސްވެސް ފުރިހަމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ