ކުރިއަށް އޮތް 3 ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖީ (މެޓް އޮފީސް) އިން ބުނެފިއެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިޔަށް އޮތް 3 ދުވަހު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑު ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ބުނެފައި ވެއެވެ.
މީގެއިތުރުން، މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.
ވޭތުވެދިޔަ ހަތަރު ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގެ ކަނޑުތައް ގަދަވެ، ބާނި ބޮޑުވުމާއި ގުޅިގެން ގިނަ ރަށްތަކަށް އުދައިގެ އަސަރުކޮށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.
އުތުރާއި މެދު ރާއްޖެތެރޭގައި ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުނުއިރު، ވައި އެންމެ ގަދަވިކަމަށް ރިކޯޑުކުރެވިފައިވަނީ ގަޑިއަކު 56 މޭލު ބާލުމިނަށް ބ. ދަރަވަންދޫއަށް ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި އެންމެ ގިނައިން ވާރޭވެހުނުކަމަށް ރިކޯޑުކުރެވުނީ 54 މީޓަރުގެ ވާރޭ، ހުޅުލެއަށެވެ.
މެޓް އޮފީހުން ވަނީ، އާންމުންނަށާއި، ވަކިން ހާއްސަކޮށް ކަނޑުދަތުރުކުރާ މީހުން ކުރިއަށްއޮތް ތިންދުވަހުވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
ކުރިއަށް އޮތް 3 ދުވަހު މޫސުން ވަރަށް ގޯސް، ސަމާލުވޭ: މެޓް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ