އޭދަފުށީ
ހުޅަނގު ސަރަހައްދުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނުތާ ފަސް
ގަޑިއެއްހާއިރު ފަހުން އަލުން ކަރަންޓުގެ ޚިދުމަތް ދީފި އެވެ.
ފެނަލަ އޭދަފުށީ އިންޖީނުގޭގެ އޮފިޝަލަކު ވިދާޅުވީ ރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނީ ކަރަންޓް ދޫކުރާ މައިކޭބަލެއް މައްސަލަ ޖެހުމުން ކަމަށެވެ.
“މައި ކޭބަލަކަށް މައްސަލައެއް ދިމާވެގެން ބޮޑު ބަޔަކުން ކަރަންޓް ކެނޑުނީ. އަލުން ވަގުތީ ކޭބަލެއް އަލައި މައްސަލަ ހައްލުކޮށް ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓް ދީފައި،” އޮފިޝަލް ވިދާޅުވި އެވެ.
ކޭބަލަށް ދިމާވި މައްސަލަ ހައްލު ކުރެވޭ މިންވަރަކުން އެކި ހިސާބުތަކަށް ފެނަކަ އިން އައީ ކަރަންޓު ދެމުންނެވެ. އަދި ކޭބަލް މައްސަލަ ދިމާވި ސަރަހައްދަށް އަލުން ކަރަންޓް ދެވޭ ވަރުވީ މިރޭ 10 ޖަހާކަންހާއިރު އެވެ.
މިއަދު މެންދުރުފަހު 2.45 ހާއިރު ކަރަންޓް ކޭބަލަށް ދިމާވި މައްސަލައާ ގުޅިގެން މުޅި ރަށުން އެވަގުތު ސާޅީހަކަށް މިނިޓަށް ކަރަންޓް ކަނޑާލި އެވެ. އަދި އޭގެ ފަހުންވެސް ދޭތެރެ ދޭތެރިން ކަރަންޓް ކަނޑަލުމުން އާއްމުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. ބައެއް ސަރަހައްދުތަކަށް ކަރަންޓް ލިބެން ފަސް ގަޑިއިރު ވި އެވެ.
އޭދަފުއްޓަށް ކަރަންޓް ފޯރުކޮށްދޭ އިންޖީނަކަށް މައްސަލަ ދިމާވެގެން މިދިޔަ ހަފްތާވެސް ރަށުގެ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެ އިން ވަނީ ކަރަންޓް ކެނޑާލަން ޖެހިފަ އެވެ.
މައްސަލަ ހައްލުކޮށް ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ