އިސްލާހަށް ސުޕްރީމް ކޯޓުްގެ ކޮރަޕްޓް ފަނޑިޔާރުން ވަކިކުރަން ޖެހޭ: ސިރާޖު

ޝަރުއީ ދާއިރާ އިސްލާހު ކުރެވޭނީ ސުޕްރީމް ކޯޓުގައި ތިބި ކޮރަޕްޓް ފަނޑިޔާރުން ވަކިކޮށްގެން ކަމަށް ގާނޫނީ ވަކީލު އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މަޖިލިސް މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ. ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ކުރެއްވި އެފްބީ ޕޯސްޓެއްގައި ސިރާޖު ވިދާޅުވީ ފަނޑިޔާރުގެ އިސްލާހު ކުރުމަށްޓައި މަގާމުން ވަކިކުރަންޖެހޭ ފަނޑިޔާރުންތަކެއް އެބަތިބި ކަމަށެވެ. "ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ވަކިން ޚާއްސަކޮށް ސުޕްރީމް ކޯޓުގައި ތިބި ކޮރަޕްޓް ފަނޑިޔާރުން ވަކިކޮށްގެން،" ސިރާޖު ވިދާޅުވިއެވެ. ޝަރުއީ ދާއިރާ އިސްލާހު ކިރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަންޖެހުނު ކޮންމެ ކަމެއްގައި އޭނާ ބައިވެރިވާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ. ކުރީގެ ބަންޑާރަ ނައިބު ސުއޫދުގެ މައްސަލައެއް ބަލަން ސުޕްރީމް ކޯޓުން ނިންމީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން މަގާމުން ވަކިކުރަންޖެހޭ ކަމަށް ވިދާޅުވެ ރޭ ރާއްޖެ ޓީވީގައި އޭނާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ސުއޫދު ވިދާޅުވީ، މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީ ގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ސޮއިކޮށް އަމުރެއް ނެރުމަށްފަހު އެމަހުގެ ފަސް ވަނަ ދުވަހު ހަމަ އެ އަމުރު ދިމާ އިދިކޮޅަށް ބަދަލުކޮށް އެ ފާރާތްތަކުގެ މައްޗަށް ނުފޫޒެއް އޮތް ކަމަށް ބުނެފައިވާ ކަމަށެވެ. "ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އެއްވެސް އިތުބާރެއް ނެތް. ސުޕްރީމް ކޯޓުފެ ފަނޑިޔާރުން ހަމަ ހުރިހާ ފަނޑިޔާރުން ވަކިކުރުން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ސުއޫދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ