ފުލާވަރ ބުކޭ ސަޕްލައިކޮށްދޭނެ ފަރާތެއް ސުޕްރީމް ކޯޓުން ހޯދަނީ

ދިވެހިރާއްޖޭގެ ޝަރުއީ އެންމެ މަތީ މަރުހަލާއަށް ފުލާވަރ ބުކޭ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.
ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ފުލާވަރ ބުކޭ ހޯދާނެ ފަރާތެއް  ހޯދަން އިއުލާނު ކުރި ނަމަވެސް، ބޭނުންވާ އަދަދެއް ބަޔާން ކޮށްފައެއް ނުވެ އެވެ.
އިއުލާނުގައި ބުނެފައިވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 19 ވަނަ ދުވަހުގެ 14:00 އަށް އެ ކޯޓަށް ގޮަސް މަޢުލޫމާތު ސާފުކުރުމަށެވެ.
އަދި މިމަހުގެ 25 ވަނަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުމަށް ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން ފުލާވަރ ބުކޭ ހޯދަނީ ކޮންކަމަކާ ގުޅިގެންތޯ ސާފުކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ