ސަރުކާރު މާލިއަޔަތުން ކާލި ފައިސާތައް އަނބުރާ ހޯދާނަން: އަހުމަދު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި 45 މެންބަރުންނާއެކު މި ސަރުކާރު މާލިއްޔަތުން ކާލި ފައިސާތައް ހޯއްދަވާނެ ކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ބ.އަތޮޅު ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ 45 އެއީ ބިރުވެރި އަދަދަކަށް ވެއްޖެ ކަމަށާއި
45 އާއެކު ބަންޑާރަނައިބް ފައިލް ބޮނޑި ކިހިލި ޖަހައިގެން ކޯޓަށް ވަދެއްޖެކަމަށެވެ.
އަދި އަހުމަދު އަބްދުﷲ ވިދާޅުވީ މިނިވަން މުއައްސަސާތައް މިނިވަން ކުރާނެ ކަމަށާއި ބައިތުލްމާލުން ކޭ ފައިސާ ހޯދާނެ ކަމަށެވެ. މިމަހުގެ 24 ވަނަ ދުވަހު މެންބަރުން ކައިރިއަށް ރައްޔިތުން ދާން ޖެހޭ ކަމަށާއި އެ މެންބަރުން ހޮވި ރައްޔިތުން ގޮސް ނަސޭހަތްދޭން ޖެހޭ ކަމަށެވެ.
ބާރަކީ ރައްޔިތުންގެ އެއްޗެއް ކަމަށާއި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެކަން ބަންޑާރަ ނައިބް އަށް އެނގެން ވެއްޖެ ކަމަށް އަހުމަދު ވިދާޅުވިއެވެ.
ސަރުކާރުން ހީކުރީ ރައްޔިތުން މަޑުން ތިބޭނެ ކަމަށް ނަމަވެސް ރައްޔިތުން ތިބީކީ އެގޮތަކަށް ނޫން އޭގެ ނަތީޖާ އަކީ ސަރުކާރު ބަލިކަށިވެ ބަލި ޤަބޫލުކުރުން ކަމަށް އަހުމަދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ