ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ އާއި މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް މައުމޫން ސްރީލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައި މިވަނީ ސިންގަޕޫރުގައި ހިންގަމުންދާ އިންޑިއަން އޯޝަން ކޮންފަރެންސް 2016 ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެެއިން ސިންގަޕޫރުގައި ހުންނަ ރިޒް ކާލްޓަން ހޮޓަލުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ބޮޑުވަޒީރު ވަނީ އަންނަ ނޮވެމްބަރު މަހު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމްދީނާއި ޑިމޮކްރަސީއާ ބެހޭ ބައިނަލްއަގްވާމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މައުމޫނަށް ވަނީ ދައުވަތު އަރުވާފަ އެވެ. ރައީސް މައުމޫން ދައުވަތު ގަބޫލުފުޅުކުރައްވާފަ އެވެ.
ރައީސް މައުމޫނާ މެދު ބޮޑުވަޒީރު ވިކްރަމަ ސިންހަ ބަހައްޓަވަމުން ގެންދަވާ ގާތްކަމަށްޓަކައި ރައީސް މައުމޫން ވަނީ މިބައްދަލުވުމުގައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައި ކަމަށާއި ރާއްޖޭގެ ހަމަޖެހުމާއި ތަރައްގީއަށް އަބަދުވެސް އެދިވަޑައިގަންނަވާ ކަމުގައި ބޮޑުވަޒީރު ވިކްރަމަ ސިންހަ ވިދާޅުވި ކަމަށްވެސް ރައީސް މައުމޫން އޮފީހުން ވަނީ ބުނެފަ އެވެ.
ރައީސް މައުމޫން ސްރީލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ