ރައީސް މައުމޫނަށް ލަފާ އެެރުވުމަށް އެމަނިކްފާނު އުފެއްދެވި ކޮމެޓީން އުމަރު ނަސީރު ވަކިކުރައްވައިފި އެވެ.
އުމަރު އެ ކޮމެޓީން ވަކިކޮށްފައިވާކަން ހާމަކޮށްފައިވަނީ ޕީޕީއެމްއިން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެބަޔާނުގައި ބުނެފައިވަނީ ޕީޕީއެމްގެ މަޝްވަރާ މަޖިލީހުގެ މެންބަރު ކަމުން އުމަރު ވަކި ކުރެއްވީ އެ ޕާޓީގެ ރައީސް މައުމޫން ކަމަށެވެ. އެއީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އުމަރު އިއުލާން ކުރެއްވުމުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މިކަމާއި ގުޅިގެން އުމަރު ވިދާޅުވީ ރައީސް މައުމޫން އެ ނިންމެވުން ނިންމެވީ އޭނާއާއި މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ. އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވާނަމަ މަޝްވަރާ މަޖިލީހުގައި އިނުމަކީ މަސްލަހަތު ފުށުއަރާނެކަމެއްކަމަށެވެ. އަދި އެއީ ރައީސް މައުމޫނާއި އޭނާގެވެސް ވިސްނުންކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް އިއުލާންކުރައްވާފައެވެ. އަދި ޕީޕީއެމްގެ ތެރޭގައި ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަށް ބާރުއަޅާ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫން ޕީޕީއެމްގެ ތެރެއިން އެމަނިކްފާނަށް މަޝްވަރާއަރުވާނެ މަޖިލީހެއް އުފަައްދާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެކޮމެޓީގައި މައުމޫނާއިއެކު 8 މެންބަރުން ތިއްބަވައެވެ.
މަޝްވަރާ މަޖިލީހުގައި މިހާރު ތިއްބެވީ ކުރީގެ ހަތަރު ވަޒީރުންކަމަށްވާ ސީނާ އަހުމަދު ޒާހިރާއި ހަމްދޫން ހަމީދާއި އަނީސާ އަހުމަދާއި ރާޝިދާ ޔޫސުފާއިގެ އިތުރަށް މުހައްމަދު ޒުހައިރާއި އައިމިނަތު އާތިފާ އާއި އާމިނަތު ނާދިރާ އެވެ.
ޕީޕީއެމްގެ މަޝްވަރާ މަޖިލީހުން އުމަރު ވަކިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ