ރަށްރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް 34 ޖަނަރޭޓަރު ހޯދާފައިވާނެ: ރައީސް ޔާމީން

ރާއްޖޭގެ ބައެއް ރަށްރަށުން ކަރަންޓު ކެނޑެމުންދާ މައްސަލަ ހައްލުކުރުމަށް، ބައެއް ރަށްރަށަށް ވަރަށް އަވަހަށް ޖަނަރޭޓަރުތަކެއް ފޮނުވުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.ތ. ވޭމަންޑޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވީ 24 ގަޑިއިރު ކަރަންޓް ޔަޤީން، މި ޝިއާރުގެ ދަށުން ރާއްޖޭގެ ގިނަ ރަށްތަކުގައި ކަރަންޓުގެ ފެންވަރު ރަނގަޅު ކުރެވިފައިވާ ކަމަށެވެ.ނަމަވެސް ކަރަންޓް ކެނޑުމުގެ މައްސަލަ އަދިވެސް ބައެއް ރަށްތަކަށް ކުރިމަތިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ވޭމަންޑުއަކީ ވެސް އޭގެ ތެރެއިން އެއް ރަށް ކަމަށެވެ. އަދި އެހެން ބައެއް ރަށްރަށުގައިވެސް ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.އެހެން ކަމުން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ޗައިނާ ސަރުކާރުގެ އެހީއާއެކު ލިބިފައިވާ 34 ޖަނަރޭޓަރު ރާއްޖޭގެ އެކި ރަށްތަކަށް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ."24 ގަޑިއިރު ކަރަންޓު ލިބިގެން ދަންޏާ، އެދަނީ ސަރުކާރުގެ ތެރެއިން. ވޭމަންޑޫގައިވެސް އަޅުގަނޑުމެން ޤާއިމްކުރިން 24 ގަޑިއިރުގެ ކަރަންޓު. އެކަމަކު އަޅުގަނޑަށް އެނގޭ ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ކަރަންޓު ކެނޑެމުންދާ ގޮތަށް ވޭމަންޑޫގައިވެސް ކަރަންޓު ކެނޑެމުންދޭ. އެހެން ނަމަވެސް، މީގެ ވެސް އުފާވެރި ޚަބަރެއް އަޅުގަނޑު ދަންނަވާނަން. އަޅުގަނޑުމެންގެ މި ރާއްޖޭގައި ކަރަންޓު ކެނޑެމުންދާ ރަށްރަށަށް، އަޅުގަނޑުމެން ޗައިނާ ސަރުކާރާއެކު ވަރަށް ގިނަ ވާހަކަ ދައްކައިގެން. މިހާރު މާލޭގައި އެބަހުރި އަޅުގަނޑުމެން ގެނައި 34 ޖަނަރޭޓަރު" ރައީސް ޔާމީން ވިދާޅުވިއެވެ.ރާއްޖެއަކީ ކުޑަ ޤައުމެއް ކަމަށާއި، ރާއްޖޭގެ އިޤުތިޞާދު ރަނގަޅަށް ހިންގުމަށްޓަކައި، ރާއްޖޭގެ އިޤުތިޞާދުގައި އަމިއްލަ ފަރާތްތަކާއި ސަރުކާރުންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ކޮންޓްރޯލް އަގެއްގައި، ކާޑުގެ ބާވަތްތައް ވިއްކެނީ ސަރުކާރު ކުންފުންޏެއްގެ ތެރެއިން އެކަން ކުރާތީ ކަމަށާއި، ނަމަވެސް އަމިއްލަ ފަރާތްތަކަށްވެސް، ކާޑު އެތެރެ ކުރުމުގައި ހުރަހެއް ނެތް ކަމަށެވެ.އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ރިސޯޓުތައް އަދިވެސް އިތުރުކުރަން ޖެހޭ ކަމަށާއި، ރިސޯޓު ހެދުމަށް އެކި މީހުންނަށް ރަށްރަށް ދީފައި، އެތަންތަން ނުހެދި ހުރުމަކީ، އެ މަސައްކަތް ނެގި ބަޔަކަށް ކޮރަޕްޝަނުން ފައިދާތަކެއް ލިބޭ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ ރަސްމިއްޔާތުގައި ވޭމަންޑޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ