ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް ވެހިކަލް ދުއްވުން މަނާކޮށްފި

ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުއްވި އަމުރުގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެ ގޮތުން މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި ހުޅުލޭގައި ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް ވެހިކަލް ދުއްވުން މަނާ ކޮށްފައިވާ ކަމަށެވެ.
މި އެންގުމުން އިސްތިސްނާވާނީ ސިފައިންނާއި ފުލުހުންގެ އިތުރުން ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލާންސް، އެޗްއީއޯސީގެ ފާސް ލިބިފައިވާ މީހުން އަދި އިމަޖަންސީކޮށް ސިއްހި ފަރުވާ ހޯދަންދާ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ