ރައީސް ޞާލިހުގެ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު!

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހް ބާއްވަވާ ނޫސްވެރިންގެ ބައްދަލްވުމެއް މިއަދު ހަވީރު އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ، ރައީސް ސާލިހް ނޫސްވެރިންނާއި ބައްދަލު ކުރައްވާނީ މިރޭ 16:30 ޖަހާއިރު ކަމަށެވެ.
މިބައްދަލުކުރެއްވުމުގައި މިހާރު ކޮވިޑްގެ ޙާލަތާއި ގުޅޭގޮތުން ނޫސްވެރިންނާއި މަޢުލޫމާތު ޙިއްސާކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދާދިފަހުން ކޮވިޑް-19 ބަލީގައި އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދު ނިޔާވިއިރު، އޭނާއަށް ލިބެންވާ ފަރުވާ ލިބުން ލަސްވެގެންދިޔަ މައްސަލައިގައި ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ