ރާއްޖޭގައި ބޭއްވުނު ފުރަތަމަ ‘މިއުޒިކް ފްރީ’ ޢާއިލީ ހަވީރު ވަރަށް ކާމިޔާބު – ޢަދާލަތު

ލިޔުނީ: ހުސެއިން ހަބީބުރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ބޭއްވި މިޔުޒިކް ފުރީ ފެއަރ ‘އާއިލީ ހަވީރުގެ’ ނަމުގައި ބޭއްވި ފެއަރއަކީ ވަރަށް ކާމިޔާބު ފެއަރއެއް ކަމަށް ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން ހާމަކުރައްވައިފިއެވެ.މިދަޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ގަލޮޅު މަދަރުސާގައި ބޭއްވި ފެއަރއަކީ ދިވެހި ރާއްޖޭގެ ތާރީޚުގައި ‘މިޔުޒިކު ފްރީ’ކޮށް ބޭއްވި ފުރަތަމަ ފެއަރއެވެ.  މިފެއަރ ބޭއްވުމުގެ ކުރިން، ވަރަށް ގިނަ ފަރާތްތަކުންވަނީ، މިފެއަރ ‘މިޔުޒިކް ފްރީ’ ވުމުން އެހާބޮޑު ތަރުހީބު ނުލިބޭނެކަމަށް ބުނެ ވެބުސައިޓްތަކުގައި ފާޑުކިޔާފައެވެ.ނަމަވެސް މިފެއަރގައި ތަފާތު ކުޅިވަރުތަކާއި އިސްލާމީ ހަމަތަކުގެ މަތިން ކުޑަކުދިންނަށް މުނިފޫހި ފިލުވުމުގެ ޚަރާކަތްތައް ކުރިއަށް ގެންދިޔައެވެ. އަދި ކުޑަކުދިންނަށް ޚުތުބާ ކިޔުމާއި މަދަހަ ކިޔުމުގެ ކަންތައްތައް ކުރިއަށްގެންދިޔަކަމަށް ހަބަރު ލިބެއެވެ. އަދި ހިލޭ ޞިއްޙީ ސްޓޯލުގެ ޚިދުމަތާއި ދީނީ ކައުންސިލިންގެ ސްޓޯލްގެ ޚިދުމަތް ވެސް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށްގެންދިޔައެވެ.ފަހަކަށް އައިސް ރާއްޖޭގެ މިފަދަ ‘އިސްލާމީވަންތަ’ ހަރަކާތްތައް ދަނީ ބާއްވަމުންނެވެ. އިސްލާމީ ހުދޫދުގެ ތެރޭގައި ‘އުފާ ފާޅުކުރުމާއި މުނިފޫހިފިލުވުމަށް’ އަމަލީ ގޮތުން ކުދިންނަށް ދައްކައިދިނުން މިއީ ވަރަށް މުހިންމު ހަރަކާތެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ