އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީ ހަރުޝް ވަރުދަން ސްރިންގްލާ އާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު ހެނދުނު އިންޑިޔާގެ ހައިކޮމިޝަނުގައި ބޭއްވެވި ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ އިންޑިއާ އިން ދިވެހީންނަށް ކުރިމަތިވަމުންދާ ބައެއް ކަހަލަ ދަތިތަކަށް ހައްލެއް ހޯއްދެވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ދިވެހީން އިންޑިޔާ އަށް ދަތުރުކުރުމަށް ވިސާ ހޯދުމުގައި ކުރިމަތިވަމުންދާ ދަތިތަކާއި އިންޑިޔާ އިން ރާއްޖެ އަށް މުދާ ގެނައުމުގައި ދިމާވަމުންދާ ދަތިތަކާއި އަދި ހާއްސަ ގޮތެއްގައި ރާއްޖެ އަށް ބޭނުންވާ ހިލަ އާއި ހިލަވެލި ހޯދުމުގައި ކުރިމަތިވެފައިވާ ދަތިތަކަމަށް ހައްލެއް ހޯއްދެއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ގާސިމް ވިދާޅުވީ އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް މާލޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ދިނުމަށް ފަހު އެގްރިމެންޓް ރޫޅާލާފައިވާ މައްސަލަ އާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށެވެ. އަދި އިންޑިޔާ އިން ރާއްޖެ އަށް ފުރިހަމަ އެއްބާރުލުންދީ އެކި އެކި އެހީތެރިކަން ވެދެމުންދާ ކަމަށް ޖޮއިންޓް ސެކްރެޓަރީ ވިދާޅުވެފައިވާ ކަމަށެވެ.
ގާސިމް އިބްރާހިމާ އެކު އެ ބައްދަލުކުރެއްވުމުގައި އޭނާގެ ރަނިންމޭޓް ޑރ. ހަސަން ސައީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީއާ ގާސިމް ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ