އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނަށް ތިން ބޭފުޅަކު ކުރިމަތި ލައްވައިފި

މިމަހު ކުރީކޮޅު އަނިޔާވެރި ގޮތަކަށް ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލުމާ ގުޅިގެން ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ރ. އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނަށް ތިން ބޭފުޅަކު ކުރިމަތިލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ޑިސެމްބަރު މަހު 1 ވަނަ ދުވަހު ބޭއްވުމަށް ކަނޑައަޅާފައިވާ، އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަމަވި އިރު ކުރިމަތިލައްވާފައި ވަނީ ޕީޕީއެމްގެ މަންދޫބަކާއި އެމްޑީޕީގެ މަންދޫބެއްގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށް ކުރިމަތި ލެއްވި ބޭފުޅެއް ކަމަށެވެ.
އިލެކްޝަނުން ބުނީ ނަންތައް އިއުލާނު ކުރާނީ ގުރުއަތުލުން ބާއްވާއި ނަންތައް ތަރުތީބު ކުރުމަށް ފަހު ބުދަ ދުވަހު ކަމަށެވެ.
އެ ބައި އިލެކްޝަންގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ފަރާތުން ކުރިމަތި ލައްވާފައި ވަނީ ޑރ. އަފްރާޝިމް އަލީގެ އެއްބަނޑު އެއްބަފާ ކޮއްކޮ އިބްރާހިމް އަމީން އެވެ. އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާފައި ވަނީ ޑރ. އަހުމަދު އަޝްރަފް އަލީ އެވެ.
އަމިއްލަ ގޮތުން ކުރިމަތިލެއްވީ ކޮން ބޭފުޅެެއް ކަމެއް އަދު އެނގިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ