ސްޓެލްކޯއިން ކަރަންޓުގެ އަގު ހެޔޮކޮށްފި

ތެލުގެ އަގު ހެޔޮވުމާއި ގުޅިގެން ސްޓެލްކޯއިން ކަރަންޓުގެ އަގު ހެޔޮކޮށްފިއެވެ.
ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ކުންުފުންޏަށް ޑީސަލް ގަންނަން ލިބޭ އަގު މިއަދުން ފެށިގެން 9.18 ރުފިޔާއަށް ކުޑަވެފައިވާކަމަށާއި، އެގޮތުން، މި ބަދަލާއެކު ކަމުން ކަރަންޓް ހަރަދު ކުޑަވާނެކަމަށެވެ.
ސްޓެލްކޯއިން ބުނީ، މިއީ މިހާރު ޑީސަލް ގަންނަން ލިބޭ ވަރަށްވުރެ ލީޓަރަކުން 10 ލާރީގެ ކުޑަ އަދަދެއްކަމަށެވެ. އެހެންކަމުން ޑީސަލް އަށް ގެނެވުނު ބަދަލާއެކު، މިއަދުން ފެށިގެން ސެޓެލްކޯއިން ވިއްކާ ކަރަންޓަށް ފިއުލް ސާރޗާރޖްގެ ގޮތުގަައި ނަގަމުންދާ ވުރެ ކޮންމެ ޔުނިޓަކަށް 8% ކުޑަވުމެއް އަންނަނާނެކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ރާއްޖެއަށް ތެޔޮ އެތެރެކުރާ މައި އެއް ކުންފުނިކަމަށްވާ އެސްޓީއޯ އިން ޑީސެލް އާއި ޕެޓްރޯލްގެ އަގަށް ބަދަލުގެންނަން ނިންމިކަން އިއުލާނު ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ކުންފުނިން ބުނީ، މިއަދުން ފެށިގެން އެ ކުންފުނިން ވިއްކަމުން އަންނަ، ޑީސަލް ލީޓަރަކުން 10 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 20 ލާރި ހެޔޮ ކުރާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަދި އެސްޓީއޯ އިން ބުނީ، ރައީސް އަބްދުﷲ ޔާމީން ދެއްވި އިރުޝާދާއެއްގޮތަށް މި ބަދަލާ އެކު މި ސަރަހައްދުގައި ކާޑް އަދި ތެޔޮ އެންމެ އަގު ހެޔޮ ގައުމަކަށް ރާއްޖެ ވެގެން ދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ