ށ.ނަރުދޫ އިންޖީނު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި، ކަރަންޓް ދިނުމަށް ބޭނުންކުރަމުން އައި ދެ ޖަނަރޭޓަރު ހަލާކުވުމާއި ގުޅިގެން، ކަރަންޓުގެ ހާލަތު އަލުން އިއާދަކުރުމަށް 128 ކިލޯވޯޓުގެ ޖަނަރޭޓަރެއް އެ ރަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ބުނީ މިއަދު މެންދުރު 12:00 ހާއިރު ހިނގި މި ހާދިސާގައި، ނަރުދޫ އިންޖީނު ގޭގައި ބޭނުންކުރަމުންދާ 80 ކިލޯވޯޓު އަދި 50 ކިލޯވޯޓުގެ ދެ ޖަނަރޭޓަރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ.
ނަރުދޫގައި ކަރަންޓުގެ ހާލަތު އިއާދަ ކުރުމަށްޓަކައި ށ.ފޭދޫއިން 128 ކިލޯވޯޓުގެ ޖަނަރޭޓަރެއް، ނަރުދޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މަސައްކަތް ކުރަމުންދަނީ މިއަދު އިރުއޮއްސުމުގެ ކުރިން ކަރަންޓުގެ ހިދުމަތް އަލުން އިޔާދަ ކުރުމަށް ކަމަށެވެ.
ފެނަކައިން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކޮށްދިނުމަށް ފުލުސް އޮފީހަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުން ކުންފުނީގެ ފަރާތުން ވެސް ތަހުގީގު ކުރާނެ ކަމަށް ފެނަކައިން ބުންޏެވެ.
    
    ކަރަންޓުގެ ހާލަތު އަލުން އިއާދަކުރުމަށް ނަރުދޫއަށް އާ ޖަނަރޭޓަރެއް ގެންދަނީ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            