އުމަރު ޓީމުގެ ޖަލްސާއެއް މާދަމާރޭ

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އުމަރު ނަސީރު ޓީމުގެ ފަރާތުން މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ހާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށް އެޓީމުން ބުނެފި އެވެ.
އުމަރު ޓީމުގެ ފަރާތުން މާދަމާ ރޭ 9 ޖަހާއިރު އާޓިފިޝަލް ބީޗުގައި ބާއްވާ އެ ޖަލްސާގެ މާ ބޮޑު ތަފްސީލެއް ޓީމުން ދީފައެއް ނުވެ އެވެ.
އެ ޓީމުން ބުނީ ޕްރައިމަރީއަށް ފަހު ކަންތައް ވާނެ ގޮތް މާދަމާ ރޭ އެނގޭނެ ކަމަށެވެ.
އަދި ޕީޕީއެމްގައި ތިބި އުމަރަށް ތައީދުކުރާ ހުރިހާ ފަރާތްތަކުން ވެސް އެ ޖަލްސާގައި ބައިވެރިވުމަށް ދައުވަތުދެއްވާ ކަމަށް އުމަރު ޓީމުން ބުންޏެވެ.
ޕީޕީއެމްގެ ޕްރައިމަރީއަށްފަހު ވެސް އުމަރުގެ ސަޕޯޓަރުންނާއި ވަކިން ބައްދަލުކުރަން ނިންމަވާފައިވާއިރު އިއްޔެ އުމަރު ނަސީރު ބަލި ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އަދި އިއްޔެ ވޯޓުލެއްވުމަށްފަހު އެ ގަޑި އާއި ހަމައަށް ޕްރައިމަރީ ކުރިއަށް ދަނީ އިންސާފުވެރިކަމާއިއެކު ކަމަށް ވިދާޅުވެ ނާކާމިޔާބާ ކުރިމަތިލައްވަން ޖެހިވަޑައިގެންފި ނަމަ ޔާމީންގެ ފަހަތުގައި ހުންނަވާނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ