ރާއްޖޭގައި ވޭޕް މަނާ ކުރީ އެކަމުން ދަރިން ސަލާމަތް ކޮށްދިނުމަށް ރައްޔިތުން އެދެމުން ދިޔުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގެ ތެރެއިން މަހިބަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން ވޭޕްގެ ވިޔަފާރި ކުރަމުން ގެންދިޔައީ ގާނޫނީ އިމުގެ ތެރެއިން ހުއްދަ އޮވެގެން ކަމަށާއި، ނަމަވެސް އެކަމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދިޔަ ކަމަށެވެ.
ވޭޕްގެ ވިޔަފާރި ކުރި މީހުންގެ ކުށެއް ނެތް ކަމަށާއި ނަމަވެސް އެކަން ކުރަން ޖެހުނީ ރައްޔިތުން އެކަމަށް އެދެމުންދިޔުމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދިވެހި މުޖުތަމައަކީ ވޭޕާއި މަސްތުގެ ވަބާތަކުން ސަލާމަތްކުރެވިފައި ވާ މުޖުތަމައުތަކަކަށް ހަދަންޖެހޭ ކަމަށެވެ. އަދި ސިއްހީ ގޮތުން ޒުވާނުންނާއި އާންމުން ސަލާމަތްތެރިކަމާއެކު ތިބެގެން މެނުވީ ހަގީގަތުގައި ގައުމަށްވެސް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
ވޭޕް މަނާ ކުރީ ދަރިން އެކަމުން ސަލާމަތް ކުރުމަށް ރައްޔިތުން އެދެމުން ދިޔުމުން: ރައީީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ