ޤަވާއިދާ ޚިލާފަށް އުޅުނު 6 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

ފިލައިގެން އުޅުނު 6 ބިދޭސީން ހިމެނޭހެން، ހެންވޭރުގެ ގެއަކުން 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިމިގްރޭޝަންގެ ޓާސްފޯހަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހ.ކަޅުހުރާގެ ބަލާ ފާސްކުރުމަށްފަހުއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، އެ ގެއަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުންދިޔަ ތަނެއްކަމަށެވެ.
އެ ގޭގައި ދިރިއުޅެމުންދިއަ ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިއަ 09 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 06 ބިދޭސީއަކު ހިމެނޭކަމަށް އިމިގްރޭޝަނުން ވަނީ މަޢުލޫމާތު ދީފައެވެ.
އިމިގްރޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ލ.ކަޅުހުރާގެ ބަލާ ފާސްކޮށްފައިވަނީ ރޭގައެވެ.
ބިދޭސީންނާ ގުޅޭ މައްސަލަތައް "އިމިގްރޭޝަން ވޮޗް" އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ހުށައެޅޭނެއެވެ. މި ޕްލެޓްފޯމުގައި ކާކުކަން ނޭންގޭގޮތަށް މައްސަލަ ހުށައެޅޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ