ރައީީސް މައުމޫން ވިދާޅުވަނީ މިރޭ ރާއްޖެއަށް ހަނދު ނުފެންނާނެ ކަމަށް

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި، މާދަމާ ރާއްޖެއަށް ފިތުރު އީދުގެ ހަނދު ނުފެންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުބާރުހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި މިރޭ ރާއްޖެއަކަށް ހަނދެއް ނުފެންނާނެ ކަމަށެވެ.
އެހެންކަމުން މާދަމާ ވާނީ ރަމަޟާން މަހުގެ 30 ވަނަ ދުވަހަށް ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާމީ ކަލަންޑަރުގައިވާ ގޮތުން، އީދު ދުވަހަކީ އަންނަ ބުދަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ