މާލެ ސިޓީގެ 4 ތަނަކުން ގަވާއިދާ ހިލާފަށް އުޅޭ 16 ބިދޭސީން ހައްޔަރުކޮށްފި

މާލެ ސިޓީގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 16 ބިދޭސީން ވަނީ ހައްޔަރުކޮށްފިއެވެ. 
ފުލުހުންގެ މަޢުލޫމާތު ދޭ ގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ 25 ޖުލައި ދުވަހުއެވެ.
އަދި މި އޮޕަރޭޝަންގައި މާލެ ސިޓީގެ 4 ތަނެއް ބަލައި ފާސްކޮށް، އެ ތަންތަނުން ފެނުނު 16 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
Advertisement
މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މައްސަލައެއްކަމަށް ވުމާއެކު، މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އެކި ފިޔަވަޅުތައް އަޅަމުން ގެންދެއެވެ. މީގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އެމީހުން އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ