ގާޒާ ރައްޔިތުން ދިފާއުކުރުމަކީ އިންސާނީ ވާޖިބެއް

ފަލަސްތީނުގެ ގާޒާގެ ރައްޔިތުން ދިފާއުކުރުމަކީ އިންސާނީ ވާޖިބެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާޒާގެ ރައްޔިތުން ދިފާއުކުރުމަކީ އިންސާނީ ވާޖިބެއް ކަމަށާއި އިޒްރޭލުގެ ސަބަބުން ގާޒާގެ ރައްޔިތުން އުޅެންޖެހިފައި ވަނީ ނިކަމެތި ހާލެއްގައި ކަމަށެވެ.
ގާޒާގެ ރައްޔިތުންނަށް އެހީތެރިވެދީ އެމީހުންގެ އަސާސީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
Defending the people of Gaza is a humanitarian duty. They endure a prolonged blockade and harsh living conditions. We must support them and affirm their basic human rights to a dignified life and safety. #Gaza #HumanRights
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 3, 2024
ސަރުކާރުން އިއްޔެ ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ނިންމާފަ އެވެ. އަދި އ.ދ ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް ފަލަސްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ވެސް ނިންމާފަ އެވެ. އަދި "ފަލަސްތީނާ އެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ވެސް ނިންމާފައިވެ އެވެ.
މީގެއިތުރުން ލަސްތީނާއި އިޒްރޭލުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުގެ ފަރާތުން އެދޭ ކަންކަން ދެނެގަތުމަށް ސްޕެޝިއަލް އެންވޯއިއެއް ކަނޑައެޅުމަށް ވެސް ވަނީ ނިންމާފަ އެވެ. އޭގެ އިތުރަށް، ރާއްޖެއިން އިސްނަގައިގެން ފަލަސްޠީނުގެ މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށްޓަކައި އިސްލާމީ ޤައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ނިންމި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ