ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ މައްޗަންގޮޅީގެ ބައެއް ގެތަކުން ކަރަންޓުގެ ކެނޑިއްޖެ!

ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ މައްޗަންގޮޅީގެ ބައެއް ގެތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ. 
މިކަމާއި ގުޅިގެން ސްޓެލްކޯއިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ، ކަރަންޓްގެ ހިދުމަތް މެދުކެނޑިފައި ވަނީ، މައްޗަންގޮޅީގެ ކާމިނީމަގު ސަރަހައްދުން ކަމަށެވެ. 
އަދި ވަގުތީ ކޭބަލެއް އަޅައި ވީއެންމެ އަވަހަކަށް އެ ސަރަހައްދަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަން ފާހަގަކޮށް ސްޓެލްކޯއިން ވަނީ އެކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ. 
Advertisement
މިކަމާއި ގުޅޭގޮތުން 'ވޮއިސް' އަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މައްސަލަ ވޭހާވެސް އަވަހަށް ހައްލު ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށާ، އެހެން ނަމަވެސް، ވިއްސާރައިގެ ސަބަބުން އެކަމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. 
އަދި އުއްމީދަކީ އެކަން ވޭހާވެސް އަވަހަށް ހައްލުކޮށް، ކަރަންޓް ކެނޑިފައިވާ ގެތަކަށް ކަރަންޓް ދިނުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 
މާލެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް ސަރަހައްދު ތަކުގައި ފެންވެސް ބޮޑުވެފައި ވާއިރު، އެމްއެންޑީއެފް އިން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ