ދުވާފަރު ވޯޓު ފޮށި އަލުން ގުނަންޖެހޭ ޙާލަތެއް ނެތް: އީސީ

ދުވާފަރު ދާއިރާގެ ވޯޓު އަލުން ގުނުމަށް އެދި ހުށަހަޅައިފައިއޮތް ނަމަވެސް އެ ފޮށި އަލުން ގުނުމުގެ ހާލަތެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ދުވާފަރު ދާއިރާގައި ވޯޓުގެ ފަރަގު ކުޑަވުމުގެ ސަބަބުން ވޯޓު އަލުން ގުނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ބެލިބެލުމުން އެ ފޮށި އަލުން ގުނަން ޖެހޭ ހާލަތެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ވޯޓު އަލުން ގުނުމަށް އެދި ހުށަހެޅީ ދުވާފަރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އިބްރާހީމް ޢަބްދުލްރަޙްމާނެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުގައި އޭނާއާއި އެދާއިރާގެ އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓާ ދެމެދު ފަރަގަކީ އެންމެ ހަތަރު ވޯޓެވެ.
ދުވާފަރު ދާއިރާގެ އިންތިޚާބު ކާމިޔާބުކުރައްވައި މަޖިލީހުގެ ގޮނޑި ހާސިލް ކުރެއްވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މުޙައްމަދު ޢަލީއެވެ. އޭނާއަށް 1074 ވޯޓު ލިބިވަޑައިގެނަނެވިއިރު އިބްރާހީމް އަބްދުލްރަޙްމާނަށް ލިބިވަޑައިގަތީ 1070 ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުންވަނީ މާދަމާ 1430 ގައި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ