އެމްޑީޕީން ނުކުމެ މި ތިބީ ދޮގަށް ފުރުސަތު ނުދޭން: އަބްދުالله ޝާހިދު ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވަނީ ގައުމުގެ ހާލަތު އޮޅުވާލައްވާފަ: އެމްޑީޕީ ޓިކެޓު އަތުލި މައްސަލައިގައި ޖާބިރު ކޯޓަށް އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލައިފި މަގުބޫލ

ވެރިކަން ވައްޓާލަން ޖެހިއްޖެނަމަ ވެރިކަންވެސް ވައްޓާލާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިމްސާއިލް ވިދާޅުވެއްޖެއެވެ.
ތިމަރަފުށީ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެނޑިޑޭޓުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ދިވެހިރާއްޖެ ހަމަމަގަށް އެޅުވުމަށް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދޭންޖެހޭކަމަށެވެ.
އެމްޑީޕީއަށް ވެރިކަން ނުލިބުނީ އޮޅުވައިލުމާއި ދޮގުހެދުމުގެ ތެރެއިންކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. ގައުމު އަނިޔާވެރިކަމާއި ފުދުންތެރިކަން ނެތުމުގެ ތެރެއަށް އިއާދަވާން ދޫކޮށްލެއްވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ މަޖިލިސް އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބިގެންނޫނީ ސަރުކާރުން “އޮބިއެއް ނޭޅޭނެ” ކަމަށެވެ. ފައްޔާޒު ވިދާޅުވީ ސަރުކާރު ވައްޓައިލަންޖެހިއްޖެނަމަ ވައްޓަވައިލައްވާނެ ކަމަށެވެ.
“އަޅުގަނޑު މި ދަންނަވަނީ އެއްވެސް ވަރަކަށް ސަރުކާރަށް ޖެއްސުން ކުރާ ވާހަކައެއް ނޫން، ސަރުކާރު ވައްޓާލަން އުޅޭ ވާހަކައެއްވެސް ނޫން. ވައްޓާލަން ޖެހިއްޖެނަމަ ވައްޓާލާނަން. އެކަމަކު އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީސް މެޖޯރިޓީ ލިބިގެން ނޫނީ ވާނުވާ ސަރުކާރު އޮބިއެއް ނޭޅޭނެ،” -ފައްޔާޒު-
ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު އަޒުލުކުރުމަށް މަޖިލީހުން ވަކިވާ މެންބަރުން ނުހިމަނާގޮތައް މެންބަރުންފެ އަދަދު ގުނަން ނިންމުމުން ބަންޑާރަ ނައިބު ވަނީ އެ މައްސަލަ ދުންތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ވައްދައިފައެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ މަޖިލީހުން ވަކިވާ މެންބަރުން ނުހިމަނާ މަޖިލީހުގައި ނަގާ ވޯޓުގައި ބޯގުނުން ގޯސްކަމަށެވެ. ނަމަވެސް މަޖިލީހުން މިދަޔަ ހަފްތާގައި ވަނީ އެ މަޖިލީހުގެ އާންމު ކޮންޓީން ނިންމާފައިވާގޮތަށް މަޖިލީހުގައި ވޯޓު ނަގާއިރު އަދަދު ގުނާނީ އަށްޑިހަ މެންބަރުންކަމަށް ކަނޑައަޅަން ފާސްކޮށްފައެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ވަނީ ރައީސް މުއިއްޒުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް އިއުލާނުކޮށްފަ. އަދި އެ މައްސަލަ ވައްދާނީ އެކަމަށް އެންމެ މުނާސަބު ވަގުތުގައިކަމަށް ވެސް އެމްޑީޕީން ބުނެފައިވެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ