މުއިއްޒު ގެނައި ބަދަލުގެ ސަބަބުން، ސްކޫލް ކުދިންނަށް ޕްރެޝަރ ބޮޑުވެ، ގިނަ އަދަދެއްގެ ކުދިން ބަލިވާން ފަށައިފި

މުއިއްޒު ސަރުކާރުގައި އެންމެ ބޮޑު ހިތާމައަކާއި، ނިކަމެތި ކަމެއް ލިބުނު އެއް ބަޔަކީ ސްކޫލް ކުދިންނެވެ. އެކުދިންގެ ޤައުމީ ޓޮޕް ޓެން ހުއްޓާލުމުގެ އިތުރުން، ކުރީ ސަރުކާރުން ބޮޑު ޗުއްޓީ ޖުލައި އަށް ބަދަލު ކޮށްފައި ވާތީ، އެދެވިގެން ވާ ސަބަބެއް ނެތި ޑިސެމްބަރަށް އެކަން ބަދަލު ކުރަން ސަރުކާރުން ނިންމުމުން، ސިލަބަސް ކަވަރު ކުރުމަށް ސްކޫލްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ލިބިފައިވާ ވަގުތަކީ އެދެވޭ ވަގުތަކަށް ނުވާތީ ގިނަ ވަގުތު ސްކޫލުގައި ދަރިވަރުން ބައިތިއްބައިގެން އެކަން ކުރުމަށް ސްކޫލުން ތަކަށް ވަނީ މަޖުބޫރު ވެފައެވެ.
މިކަމުގެ ސަބަބުން ކުޑަކުދިންގެ ސިއްޙަތަށް ނުރައްކާތެރިވެ، ކުޑަކުދިންގެ އިންޓަވަލް ގަޑިވެސް، ކެއުމަށް ބޭނުންވާ ވަގުތު ނުލި، އެތައް ސަތޭކަ ކުދިންނެއް ދަނީ ބަލިވަމުންނެވެ. މީގެ އިތުރުން ޤައުމިއްޔަތުގެ އެސެމްބްލީ ހަދައި އެކަމަށް ވެސް ވަގުތު ދިނުމަށް މުއިއްޒު މަޖުބޫރު ކުރުވަމުން ދާތީ، ބައެއް ސުކޫލުތަކުގައި އިތުރަށް ކިޔެވުމަށް އޮތް ވަގުތު ވަނީ ދަރިވަރުންނަށް ކުޑަވެފައެވެ.
އެއްވެސް އެދެވޭ ސަބަބެއް ނެތި، ކުރީ ސަރުކާރާއި މެދު އޮތް ރުޅިވެރިކަމެއް ފިލުވާލުމަށް، އެތައް ހާސް ދަރިވަރުންތަކަކަށް މިހާލު ޖެއްސުމަކީ މުއިއްޒުގެ ފަރާތުން، ދަރިވަރުންނަށް ކުރިމަތިވި އަނިޔާއެކެވެ. މީގެ ސަބަބުން ދަރިވަރުންނާއި، ބެލެނެވެރިން ތިބީ އެޑިޔުކޭޝަން މިނިސްޓްރީއާއި މެދު ހިތްހަމަ ނުޖެހިފައެވެ. އަދި އެކަމުގެ ޝުއޫރުތައް ބައެއް އާއިލާތަކުން ދަނީ ސޯޝަލް މީޑިޔާގައި ފާޅު ކުރަމުނެނެވެ.
ކުރީ ސަރުކާރުން ޖުލައި އަށް، ދިރާސީ އާ އަހަރު ދިގު ގަންމާފައިވަނީ، ވޯލްޑް ހެލްތް އޯގަނައިޒޭޝަން އިން، އެކަމަށް ކުރި ރިކޮމެންޑޭޝަން އެއްގެ ސަބަބުންނެވެ. ކޮވިޑުގެ ސަބަބުން ގޭތެރޭ ބަންދުވެފައި އެތައް ދަރިވަރުންނެއް އަހަރަކަށްވުރެ ގިނަދުވަހު ތިބެން ޖެހުމުން، އެކުދިންނަށް ބޭނުންވާ އިޖްތިމާޢީ ގުޅުންތައް ފުރިހަމަ ނުވާނެ ކަމަށް ޑަބްލިއު.އެޗް.އޯއިން ފާހަގަ ކޮށް، އެޑިޔުކޭޝަން މިނިސްޓްރީއާއި އެކު ކުރިއަށް ދިޔަ ގިނަ މަޝްވަރާތަކުގެ އަލީގައި، އެކުދިންނަށް ސޯޝަލައިޒް ވުމުގެ ފުރުޞަތު ދިނުމުގެ މުހިންމު ކަން ޤަބޫލު ކުރެވިގެންނެވެ. ސޯލިހްގެ ސަރުކާރުން ޖުލައި އާއި ހަމަ އަށް ދިރާސީ އަހަރު ދަންމާލީ، އެ ދަރިވަރުން މުސްތަޤްބަލުގައި ވަޒީފާގެ މާހައުލަށް ނުކުންނަ އިރު، ކޮވިޑުގެ ސަބަބުން ބަންދުވި ދުވަސްތަކުގެ އަސަރު ދިރިއުޅުމަށް ކޮށްފާނެ ކަމަށް ބަލައި ހެދިފާހުރި ދިރާސާތަކުގެ އަލީގައި ވީހާވެސް ރަނގަޅަށް ދަރިވަރުންނާއި މެދު އަމަލު ކުރުމުގެ ބޭނުމުގައެވެ.
މުއިއްޒު ސަރުކާރުން ޑިސެމްބަރު މަހަށް ދިރާސީ އަހަރު ނިންމުމަށް، މަސްއްކަތް ކުރާ އެއްވެސް އެދެވޭ ސަބަބެއް ހާމަ ކުރެވިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ