މެއި 6 ހަމަލާގެ ޝަރިއަތް އަވަސް ކުރެވެން ނެތްކަމަށް ގާޒީ ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ޝަރީޢަތް ހާއްސަ އިސްކަމެއް ދީގެން އަވަސް ކުރެވެން ނެތް ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ޝަރީއަތެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ސޮފްއަތު ވިދާޅުވީ ކްރިމިނަލް ކޯޓަށް މިވަގުތު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން މެއި 6 ގެ ޝަރީއަތް އޮތް ސެކްޝަން 4 ގައި އިތުރު އެހެން މައްސަލަތައް ވެސް ފުނިޖެހިފައިވާ ކަމަށެވެ.
އެހެންކަމުން ވަކި މައްސަލައަކަށް ވީތީ ހާއްސަ އިސްކަމެއްދީގެން ޝަރީއަތް އަވަސް ކުރެވެން ނެތްކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ސޮފްއަތު ވިދާޅުވި ގޮތުގައި ދެން މި މައްސަލާގައި އަޑުއެހުމެއް ބާއްވަން ތާވަލުކުރެވެން އޮތީ އަންނަ މަސްތެރެއަށެވެ. އެގޮތުން އެއީ އަންނަ މަހުގެ 22، 25، އަދި 27 ވަނަ ދުވަސްކަމަށް ގާޒީ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ޝަރީއަތުގެ އަޑުއެހުމުގައި މިއަދު ހަތަރު ހެކިވެރިއެއްގެ ހެކިބަސް ނަގަން ތާވަލުކޮށްފައިވެއެވެ. ނަމަވެސް ހެކިބަސް ނެގުނީ 2 ހެކިވެރިއެއްގެއެވެ. އަނެއް ދެ ހެކިވެރިން ކޯޓަށް ހާޒިރުނުވާތީ މިއަދު އެ ދެމީހުންގެ ހެކިބަސް ނެގިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ