މީގެ ކުރީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެ ވަޑައިގެން ހުވަ ކުރެއްވުމުން ހުސްވި ހިންނަވަރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަނެއް ނުބާއްވަ އެވެ.
އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު (ފޮޓޯ) ނައިބު ރައީސް ކަމުގެ ހުވާ ކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ ގޮނޑި ހުސްވި ނަމަވެސް އެ ދާއިރާގެ ބައި އިލެކްޝަނެއް ނޯންނާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރިީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހެ އެވެ. ނަމަވެސް މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު އޮތީ ހަމަސް ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް ކަމުގައިވާނަމަ އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ކޮށްގެން ނުވާނެކަން ކަމަށް ގާނޫނުގައި ބުނެފައި ވެއެވެ.އެހެންކަމުން ފަރެސް މާާތޮޑާ ދާއިރާގެ ބައި އިލެކްޝަންސް ނުބާއްވާނެ އެވެ. މީގެ ކުރީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެ ވަޑައިގެން ހުވަ ކުރެއްވުމުން ހުސްވި ހިންނަވަރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަނެއް ނުބާއްވަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ފަރެސްމާތޮޑާ ދާއިރާގެ ބައިއިލެކްޝަނެއް ނޯންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ