މައްޗަންގޯޅިން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ

މާލޭގައި މައްޗަންގޯޅީގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މިރޭ ކުރި ޓުވީޓެއްގައިވާ ގޮތުން އެ ކުންފުނީގެ މާލޭގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް މާދަމާ ކުރާނެއެވެ. އެ މަސައްކަތުގެ ސަބަބުން ހެނދުނު 8:00އާއި 11:00އާ ދޭތެރޭ ކަރަންޓު ކެނޑިދާނެ ސަރަހައްދުތަކުގެ ތެރޭގައި މައްޗަންގޯޅީގެ ވައިދެރި ހިނގުމާއި، އަމީނީ މަގާއި، ތަބުރޭޒީ ހިނގުމުގެ އިތުރުން މާފަތްތަކުރުފާނު މަގާއި، ހުދުފަޅު ހިނގުން ހިމެނޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ. https://twitter.com/STELCOMALDIVES/status/1593603986715574279 ސްޓެލްކޯއިން ވަނީ އެ ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ ނަމަ، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ޚިދުމަތް ދޭނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން، ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ