ހިޔާ ސަރަހައްދަށް ހުޅުމާލެ ހޮސްޕިޓަލްގެ ކްލިނިކެއް، ހިދުމަތް ދޭނީ ހަވީރު 5 ޖަހަންދެން

ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލްގެ ކްލިނިކެއް ހުޅުވައިފި އެވެ.
އެޗްޑީސީން ބުނީ، އެޗް 16 ވަނަ (ރަތް ކުލައިގެ) ޓަވަރުގައި ހުޅުވާފައިވާ އެ ކްލިނިކުން އާންމު ބަލިތަކަށް ފަރުވާ ލިބޭނެ ކަމަށެވެ. އަދި ލެބޯޓްރީ ޓެސްޓްތައް ހެދުމުގެ އިންތިޒާމާއި ޕަބްލިކް ހެލްތު ޔުނިޓަކާއި އެސްޓީއޯގެ ފާމަސީއެއްގެ އިތުރުން އެހެނިހެން ބައެއް ހިދުމަތްތައްވެސް ލިބިގެންދާނެ ކަމަށް ބުންޏެވެ.
ކްލިނިކް ހުޅުވާފައި ހުންނާނެ ދުވަސްތަކާއި ވަގުތު:
އެޗްޑީސީން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދަކީ ވަރަށް ބޮޑު އާބާދީއެއް އޮންނަ ސަރަހައްދެއް ކަމުން ހުޅުމާލެ ހޮސްޕިޓަލްގެ ކްލިނިކްގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ